ads
ހުޅުމާލޭގައި ބަންދު ކުރި ބާބަކިއު ސަރަހައްދު-- ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ރުއްގަނޑު 2 ގައި ވަގުތީ ބާބަކިއު ޕޮއިންޓެއް ހުޅުވަން ނިންމައިފި
ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއް ގުޅޭ ސަރަހައްދު ތަރައްގީ ކުރުމަށް، އެތަނުގައި ހުރި ބާބަކިއު ޕޮއިންޓް ބަންދު ކުރުމަށް ފަހު، ވަގުތީ ތަނެއް ރުއްގަނޑު ސަރަހައްދުގައި ހުޅުވަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ބާބަކިއު ސަރަހައްދު ބަންދު ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ކުންފުނިން ބުނީ މާދަމާ ވަގުތީ ސަރަހައްދެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

"މި ސަރަހައްދުގައި ބާބަކިއު ހެދުމަށް ބޭނުން ކުރަން ވާނީ ކޯލް އެކަންޏެވެ. އަދި މި ސަރަހައްދުގައި މަސް ކަނޑާ، ހުޅުނބު ޖަހާ ހެދުމަކީ ވެސް މަނާ ކަމެއް ކަމުގައި ދެންނެވީމެވެ،" އެޗްޑީސީގެ އިއުލާނެއްގައި ވެއެވެ. 

އެގޮތުން ވަގުތީ ގޮތުން ބާބަކިއު ޕޮއިންޓް ހުންނާނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދު ދޭއް ގައެވެ. ކުރިން ބާބަކިއު ސަރަހައްދު ހުރި ތަނުގައި "ޗެނަލް ޕާކް ބުލިވަޑް" ނަމުގައި ތަނެއް ހަދަން ވަނީ ނިންމާފަ އެވެ. 

"ޗެނަލް ޕާކް ބުލިވަޑް" އަށް ރާވާފައިވާ ޕްލޭން ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާއާ ހިއްސާކޮށްފަ އެވެ. އެތަން ތަރައްގީކޮށް ނިމޭއިރު، ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި، ސްކޭޓު ކުރާނެ ޕާކަކާއި، ރެސްޓޯރެންޓާއި އައުޓްޑޯ ޖިމް ހުންނާނެ އެވެ. 

އެތަން ތަރައްގީ ކުރަނީ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އިންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް