ads
ޕްލޭސް ސްކޫލް އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ ސިޓީ ކައުންސިލް
ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް ހިންގުމަށް ހަވާލުކޮށްފި
ކުޅުދުއްފުށީގެ އަމީރު އަމީން ސްކޫލް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސިޓީ ކައުންސިލްގައި އޮތް ރަސްމިއްޔާތެއްގައި، މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ، މޭޔަރ މުޙައްމަދު އާޠިފެވެ. 

20 ސެޕްޓެންބަރު 2022 އިން ފެށިގެން 20 އަހަރުގެ މުއްދަތަށް އަމީރު އަމީން ސްކޫލު ކުއްޔަށް ދިނުމަށް ނިންމާފައިވަނީ މެދުރި ޕްރައިވެޓް ލިމިޓެޑާއެވެ. 

ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ހެޔޮ އަގުގައި ޕްލޭ ސްކޫލުގެ ޚިދުމަތް ދިނުމުގެ އިތުރުން ޒަމާނީ ތަޢްލީމް ތަރައްޤީ ކުރުމުގެ މަގުސަދުގައި ކުރެވިގެންދިޔަ މުހިންމު އެއްބަސްވުމެކެވެ.

އަމީރު އަމީން ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވި މާލީ ދަތިތަކުގެ ސަބަބުން ކުރީގެ ކުޅުދުއްފުށީ ކައުންސިލުންނެވެ. ނަމަވެސް، އެ ސްކޫލު އަލުން ފެށުމަކީ ކުޅުދުއްފުށީ ކައުންސިލް މޭޔަރުގެ ކެމްޕެއިން ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް