ads
ވޯޓަ ތީމް ޕާކް
ހުޅުމާލެ ވޯޓަ ތީމް ޕާކު އަތުލުން މަޑުކުރަން ހައިކޯޓުން އަމުރުކޮށްފި
ހުޅުމާލޭ ވޯޓާ ތީމް ޕާކް ހެދުމަށް ވޯޓަ ފްރޮންޓް ހޮޓެލް އެންޑް ލޭޝަ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި ބިން ހަވާލު ކުރުން މަޑު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ހައިކޯޓުން މި ގޮތަށް މިއަދު އަމުރުކޮށްފައިވަނީ ހުޅުމާލޭ ވޯޓަ ތީމް ޕާކުގެ އެއްބަސްވުން އުވާލައި އެތަން އަތުލުމުގެ ކަންތައް ހިނގަމުންދަނިކޮށް، ވޯޓަ ފްރޮންޓް ކުންފުނިން އެކަން ހުއްޓުވައިދިނުން އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިއަދު ނެރުނު އަމުރެއްގައެވެ.

މި އަމުރުގައި ހައިކޯޓުން ބުނެފައިވަނީ އެ މައްސަލަ ހައިކޯޓުން ބަލައި ނިމެންދެން އެ ކުންފުންޏަށް ފޮނުވާފައިވާ ސިޓީއަށް އަމަލު ކުރަން މަޑު ކުރަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން އެ ކުންފުންޏަށް އަންގާފައިވަނީ މާދަމާގެ ނިޔަލަށް ތަން ހުސްކުރުމަށް ފަހު ތަން ހަވާލު ކުރުމަށެވެ.

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ތަރައްޤީ ކުރުމަށް ވޯޓާ ފްރަންޓް ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރުއެވެ. މިމަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން އެޗްޑީސީން ވަނީ ފާޅުކޮށްފައެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް