ads
ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމުން ވަކިކުރި ހަދީޖާ އަބްދުއްސަމަދު-- ފޮޓޯ: ޔޫޓިއުބް
ސީއެސްސީން މައްސަލަ ބެލުމަށް ފަހު ހެލްތު މިނިސްޓްރީގެ ޕީއެސް މަގާމުން ވަކިކޮށްފި
ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ހަދީޖާ އަބްދުއްސަމަދުގެ މައްސަލައެއް ބެލުމަށް ފަހު އޭނާ މަގާމުން ވަކި ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ އޭނާ ވަކި ކުރަން ނިންމީ މައްސަލައެއް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ. 

ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންތަކެއް، ނަން ހާމަ ނުކުރުމަށް އެދި، ކުރިން ސީއެންއެމަށް ބުނެފައި ވަނީ ހަދީޖާއާ ގުޅޭ މައްސަލަތަކެއް ސީއެސްސީގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށެވެ. 

އަލުން ކިޔާލުމަށް: ހެލްތް މިނިސްޓްރީގެ ޕީއެސްގެ މައްސަލައެއް އޭސީސީ އާއި ސީއެސްސީ އަށް ހުށަހަޅައިފި

މިދިޔަ ޖުލައި މަހުގެ ތެރޭގައި ސީއެސްސީން އެކަން ކަށަވަރުކޮށްދިނެވެ. ހުށަހެޅި މައްސަލަތަކުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވުމާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް މުވައްޒަފުން އެކި ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުން ހިމެނެ އެވެ.

އެ މައްސަލައާ ގުޅިގެން ހަދީޖާ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ހެލްތު މިނިސްޓްރީން މިހާރު ވަނީ އާ ޕާމަނަންޓް ސެކެޓްރީއެއް ހޯދުމަށް އިއުލާންކޮށްފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް