ads
ފުލުހުންގެ ފްލެޓް
ފުލުހުންގެ ފްލެޓް އަނެއްކާވެސް އިބިލީހުގެ ކައިވެންޏަށް
ހުޅުމާލޭގައި ފުލުހުންނަށް ހާއްސަ ކޮށްގެން އަޅާ ފްލެޓްތައް ނިންމުމަށް އަމިން ކޮންސްޓްރަކްޝަނާ އެކު އެއްބަސްވެފައިވާ ތާރީހަށް ފްލެޓްތައް ނުނިމި އަނެއްކާ ވެސް ފްލެޓްތައް ނިންމުމުގެ މުއްދަތު އިތުރު ކުރަން ޖެހިއްޖެއެވެ.

ފުލުހުންގެ ފްލެޓްތަކަކީ މީގެ 9 އަހަރު ކުރިން ނޫމަޑިއާ ހަވާލު ކުރި ޕްރޮޖެކްޓެކެވެ. އެ ކުންފުނި އަތުން މަސައްކަތް އަތުލުމަށްފަހު ދެން ހަވާލުކުރީ އައިލެންޑް އެކްސްޕާޓު ކުންފުންޏާއެވެ. 

ކޮވިޑާއި ގުޅިގެން އައިލެންޑް އެކްސްޕާޓަށް ދިމާވި ދަތިތަކާހެދި އެ ކުންފުނިން މަސައްކަތް ދޫކޮށްލުމުން މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގައި ޕްލޭނިން މިނިސްޓްރީން ވަނީ އަމީން ކޮންސްޓްރަކްޝާނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް މުހުލަތެއް ދީފައެވެ.

މި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު މަސައްކަތް އެއްކޮށް ނިންމާލެވިފައިނުވާތީ އަނެއްކާ ވެސް މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް މިފަހަރު އިތުރު ކުރީ ކިހާ މުއްދަތެއް ކަމެއް ނޭނގެއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް