ads
އައިބޭ ސައިޓުގެ ސްކްރީން ޝޮޓެއް
އައިބޭގައި ސައިކަލެއް ވިއްކާ ކަމަށް ބުނެ އޮޅުވާލި މީހަކު ޖަލަށް
އައިބޭގައި ސައިކަލެއް ވިއްކާ ކަމަށް އިޝްތިހާރުކޮށް އޮޅުވާލައިގެން މީހެއް އަތުން ފައިސާ ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި 9 މަހާއި 18 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ މއ. ސީނުމާ އިސްމާއިލް އާމިރު ކިޔާ މީހެއްގެ މައްޗަށެވެ. އޭނާއަކީ އައިބޭގައި 15000 ރުފިޔާއަށް ވޭވް ސައިކަލެއް ވިއްކަން ކަމަށް ޖަހައި އޮޅުވާލައިގެން މީހެއް އަތުން ފައިސާ ނެގި މީހެކެވެ. އޭނާ އަތުން ސައިކަލު ގަތް މީހާ އެދިފައިވަނީ ރަށަށް ފޮނުވުމަށް އާގަލާ ބޯޓަށް ސައިކަލު އަރުވައިދިނުމަށެވެ. އެހެންނަމަވެސް އޮޅުވާލައިގެން ފައިސާ ހޯދި މީހާ ސައިކަލު ބޯޓަށް އެރުވީ ކަމަށްބުނެވެސް ހެދީ ދޮގެވެ. އޭނާގެ މައްޗަށް 9 މަހާއި 18 ދުވަހުގެ ހުކުމެއް ކުރިނަމަވެސް އަދަބު ލުއިކޮށް ޖަލު ހުކުމް 5 ދުވަހަށް ބަދަލުކޮށް، ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ޖޫރިމަނާއެއް އޭނާ ކުރިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ހުކުމްކޮށްފައިވަނީ މިއަދުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް