ތޮއްޑޫ—— ފޮޓޯ: މުއާޒް އަބްދުﷲ
މަންމަ އާއި ކުޑަކުއްޖަކަށް އަނިޔާ ކުރި މީހަކު ފުލުހަކަށް ހަމަލަދިން މީހަކު ހައްޔަރުކޮށްފި
އަނިޔާކުރި މީހާ ވަނީ ހައްުޔަރުކޮށްފައި
ފުލުހަކަށް އަނިޔާވެފައިވޭ
Share
އއ. ތޮއްޑޫގައި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅަށް ގެެވެށި އަނިޔާކުރާތީ އެތަނަށް ދިޔަ ފުލުހަށްވެސް ހަމަލާދީ، މަރުގެ އިންޒާރުދިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން މިއަދު “ސީއެންއެމް” އަށް ބުނީ، އޭނާ އެ ކުޑަކުއްޖާއަށް އަނިޔާކުރަމުންދާ ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 02:00 ހާއިރު ކަމަށެވެ.

އެކުއްޖާއަށް އޭނާ އަނިޔާކުރަމުން ދިޔައީ، މީގެ ކުރިންވެސް އޭނާ އަންހެނުންނަށް ގެވެށި އަނިޔާކުރާތީ، ކޯޓުން ނެރެފައިވާ، އަންހެންމީހާ ރައްކާތެރިކުރުމުގެ އަވަސް އަމުރެެއްގެ ދަށުން އޭނާ އަންހެންމީހާ ދިރިއުޅެމުންދާ ގެއިން ފިރިހެންމީހާ ނިކުތުމަށް އެދުމުން ނެވެ.

ގެއިން ނިކުތުމަށް އެދުމުން އޭނާ ވަނީ އެކަމަށް އިންކާރުކޮށް ކުޑަކުއްޖާއަށް އަނިޔާކުރަން ފަށާފަ އެވެ. މައުލޫމާތު ލިބެނީ އަނިޔާކުރީ ދެ އަހަރުގެ ކުއްޖަކަށް ކަމަށެވެ.

” މި މައުލޫމާތު ލިބުމުން އެގެއަށް ފުލުހުން ދިއުމުން، ފިރިހެންމީހާ ވަނީ ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި އިންޒާރުދީފައި،“ ފުލުހުން ބުންޏެވެ.

އެ ހަމަލާގައި ފުލުހަކަށް އަނިޔާވެފައިވާއިރު، އުމުރުން 37 އަހަރުގެ މީހާ އެތަނުން ވަނީ ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް