ads
ހޯމަ ދުވަހު ފުރާ ބެޗު ފުރުވާލުމަށް ކަސްޓަމްސްގައި ބޭއްވި ރަސްމިޔާތުގެ ތެރެއިން
ކަސްޓަމްސްގެ އިތުރު 30 އޮފިސަރުން އިންޑިއާއަށް، މިހާތަނަށް 160 އޮފިސަރަކު ޓްރެއިންކޮޮށްފި
ތަޖުރިބާ ދަތުރެއްގައި މޯލްޑިވްސް ކަސްޓަމްސް ސަވިސްގެ އިތުރު 30 އޮފިސަރުން އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފުރާން ހަމަޖެހިފަވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

އިންޑިއާގެ ފަރިދަބާދުގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނަކޮޓިކްސް (އެންއޭސީއައިއެން) އަށް މި 30 އޮފިސަރުން ފޮނުވާލުމުގެ ރަސްމިޔާތު މިއަދު ވަނީ ކަސްޓަމްސް ބިލްޑިންގައި ބާއްވާފަ އެވެ.

މިމަހުގެ 26 ވަނަ ދުވަހު ފުރާ މި އޮފިސަރުން އެބުރި އަންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

ކަސްޓަމްސްއިން ބުނީ، މި ދަތުރުގައި ކަސްޓަމްސް އޮފިސަރުން، “އިންޓެލިޖެންސް، އިންފޮމޭޝަން އެންޑް އިންވެސްޓިގޭޝަން” މައުލޫއަށް ބިނާކޮށް ހިންގޭ ތަމްރީނެއްގައި ބައިވެރިވާނެ ކަމަށެވެ. 

މިއީ ޖޫން 2019ގައި އިންޑިއާގެ ބޮޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި  ކަސްޓަމްސްގެ ދާއިރާއިން ޤާބިލްކަން އިތުރު  ކުރުމަށް އިންޑިއާ އަދި ދިވެހިރާއްޖޭގެ ދެމެދުގައި ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ކުރަން ހަމަޖެހިފައިވާ ދަތުރުތަކެކެވެ.

މި އެމްއޯޔޫ ތަންފީޒު ކުރެވިގެންދަނީ  ކަސްޓަމްސްގެ  އޮފިޝަލުންގެ  އެކި ބެޗްތަށް  އިންޑިއާގެ  ސެންޓްރަލް ބޯޑް  އޮފް  އިންޑައިރެކްޓް  ޓެކްސް އަދި ކަސްޓަމްސް  (ސީބީއައިސީ)ގެ ދަށުން ނެޝަނަލް އެކަޑަމީ އޮފް  ކަސްޓަމްްސް،  އިންޑައިރެކްޓް ޓެކްސް އަދި  ނަކޮޓިކްސްގައި ތަމްރީންދީގެން ނެވެ. 

މިފުރާ ބެޗް ހިމެނޭހެން މިހާތަނަށް 160 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިއާއަށް ފޮނުވައި ކަސްޓަމްގެ އެކިދާއިރާތަކުން ތަމްރީނުދީފަ އެވެ. އަދި އިތުރު 90 ކަސްޓަމްސް އޮފިޝަލުންވަނީ އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް