ރާފިއު
ފުލުސްމީހާއަށް އިއްވި ހުކުމް ބޮޑުވުމުން، ޕީޖީން އިސްތިއުނާފް ކުރަނީ
Share
އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެ، އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ފުލުސް އޮފިސަރު، އަބްދުއްރަހްމާނު ރަފީއުގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމް ޕްރޮސިކިއުޓަ ޖެނަރަލް(ޕީޖީ) އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
Advertisement

ގާނޫނުލް އުގޫބާތުގެ ދަށުން ރަފީއުގެ މައްޗަށް އެއްޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ދައުވާކޮށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ރަފީއުގެ މައްޗަށް އިއްވައި ދިނުމަށެވެ. ނަމަވެސް މިއަދު ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ، ގާޒީއަށް ލިބިދެވޭ އިހުތިޔާރުގެ ދަށުން އެ ކުށުގެ އަދަބު ދެ ދަރަޖަ މަތިކޮށް އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. 

ޕީޖީ އޮފީހުން މިއަދު “ސީއެންއެމް” އަށް ބުނީ، ކްރިމިނަލް ކޯޓުން ރަފީއުގެ މައްޗަށް ކަނޑައެޅި އަދަބު އިސްތިއުނާފުކުރުމަށް ނިންމާފައިވަނީ، އަދަބާއިމެދު ހިތްހަމަނުޖެހޭތީ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން ރަފީއުގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، މި މައްސަލާގައި މީގެ ކުރިން ހުކުމް އިއްވި ދެމީހުންނަށްވެސް އިއްވާފައިވަނީ ކުޑަ ހުކުމެކެވެ.

އެގޮތުން މި މައްސަލާގައި އެންމެ ކުޑަ އަދަބެއް އިއްވާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށެވެ. 

އޭނާއަށް އިއްވީ ތިން މަހުގެ ގޭބަންދު ހުކުމެކެވެ. އޭނާގެ އަދަބު ލުއިވި ސަބަބަކަށް ބުނެފައިވަނީ އެކަމާއި ހިތާމަފާޅުކޮށް، އާއްމުކޮށް މައާފަށް އެދުމުން ކަމަށެވެ. 

ރާފިއުވެސް އަލަމްގީރުވެސް ހިތާމަކޮށް މާފަށް އެދުނު

ގާނޫނުލް އުގޫބާތުގެ 106 ވަނަ މާއްދާގައިވާ “ކުށްވެރިޔާ ކުށާއިމެދު ދެރަވާކަން އާއްމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަދަށްވުން” މިމާއްދާއަށް ރިއާޔަތްކޮށް ނާޒިމުގެ އަދަބު ލުއިކޮށްދިނުމާއިއެކު، ރަފީއުވެސް ހިތާމަފާޅުކޮށް ބަޔާނެއް ނެރުނެވެ.

ސީއެންއެމް އަށް އެގިފައިވާގޮތުގައި ރަފީއުގެ ހުކުމުގައި އެކަމަށް ރިއާޔަތްކޮށް އަދަބު ލުއިކޮށްދީފައި ނުވަނީ، އެއީ ކުށާއިމެދު ހަގީގަތުގައި ވެސް ހިތާމަފާޅުކޮށް، މާއާފަށް އެދޭކަން ގާޒީއަށް ގަބޫލުނުކުރެވޭތީއާއި، މާއާފަށް އެދުނީ ނާޒިމުގެ އަދަބު ލުއިކޮށްފައިވާތީ، ރަފީއުގެ ވެސް އަދަބު ލުއިކުރުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ގާޒީއަށް ގަބޫލުކުރެވޭތީ އެވެ. 

މިމައްސަލާގައި ދެން ހުކުމްކޮށްފައިވާ އެންމެންނާއިއެކު ގުޅުން ހިންގި ބަގްލަދޭޝްގެ ރައްުޔިތެެއް ކަމަށްވާ އަލަމްގީރަށް ވެސް އިއްވާފައިވަނީ ރާފިއުއަށްވުރެ ކުޑަ އަދަބެކެވެ.

އެތައް ބަޔަކާއިއެކު ގުޅުން ހިންގައި ވީޑިއޯއިން ފެންނަ އަލަމްގީރަށް ތިން ދައުވާއެއް ކުރިއިރުވެސް އޭނާގެ މައްޗަށް އިއްވާފައިވަނީ ހަތްމަހުގެ ޖަލު ހުކުމެކެވެ. 

ނާޒިމުގެ މައްސަލާގައި މި ހުކުމް އެހާ ބޮޑަށް ތަފާތުވެ، އަދަބު ވަރަށް ބޮޑަށް ލުއިކޮށްފައިވާތީ އާއި، ރާފިއުގެ އަދަބު ބޮޑުވެފައިވާތީ، މިއީ ނާއިންސާފެއް ކަމަށް އެތައް ބަޔަކު ގަބޫލުކުރެއެވެ. އަދި ދައުލަތުގެ ބޮޑެއްގެ އާއިލީ ބޭފުޅަކަށްވުމުން ތަފާތުކުރުމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް