ads
އެފްއޭއެމްގެ ރައީސް ބައްސާމް
އޭޑިކޭއަށް 150000 ރުފިޔާދޭން އެފްއޭއެމަށް ހުކުމްކޮށްފި
އޭޑީކޭއިން ހޯދާފައިވާ ހިދުމަތަށް ފައިސާ ނުދައްކައިގެން، އެ ފައިސާ ދެއްކުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފިއެވެ.

ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް މިއަދު ހުކުމްކޮށްފައިވަނީ އޭޑީކޭއިން ހޯދާފައިވާ ހިދުމަތަކަށް 152000 ރުފިޔާ ދައްކާށެވެ. މިއީ އެފްއޭއެމުން އޭޑީކޭއިން ހޯދި ކޮން ހިދުމަތެއްކަން ސާފުވެފައެއް ނުވެއެވެ. އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން މި ހުކުމްކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ހުކުމް ކުރީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުއެވެ.

މިއަދު ގާޒީ މަރިޔަމް ކުރި ހުކުމުގައި ބުނެފައިވަނީ އޭޑީކޭއިން ހޯދި ހިދުމަތަށް އެފްއޭއެމުން ދައްކަން ޖެހޭ ފައިސާ ބުރާސްފަތި ދުވަހުން ފެށިގެން 7 މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށެވެ. މި ފައިސާއަކީ އެފްއޭއެމުން ދައްކަން ޖެހޭ ފައިސާއެއްކަން އެ އިދާރާއިންވެސް އެއްބަސްވެއެވެ.

އޭޑީކޭއިން ހޯދި ހިދުމަތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެފްއޭއެމްގެ މައްޗަށް ކޯޓުން މިއަދު ހުކުމް ކުރިއިރު، ގައުމީ ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުދީގެން އެ ފައިސާ ދިނުމަށް ފީފާއިންވެސްވަނީ އެފްއޭއެމަށް އަންގާފައެވެ. އަދި ކްލަބު ގްރީން ސްޓްރީޓްސްއަށް ދޭން ޖެހޭ ފައިސާ އެ ކްލަބަށް ނުދޭ ކަމަށް އެ ކްލަބުންވެސްވަނީ އިއްޔެ ބުނެފައެވެ.

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް