
މައުލޫމާތު ލިބިފައިވާ ގޮތުގައި އެންއެންޕީގެ ކޮންގްރެސް މިރޭ ފެށުމަށް ފަހު މި ކޮންގްރެސް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. ކޮންގްރެސް ފެށޭނީ މިރޭ 9 ޖަހާއިރުއެވެ. އެމްއެންޕީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކޮންގްރެސް ލައިވްކުރާނެއެވެ.
އެމްއެންޕީގެ ފުރަތަމަ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކުރުމާއި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުން އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެމްއެންޕީގެ ގަވާއިދުގެ ދަށުން އިންތިހާބުކުރަން ޖެހޭ މަގާމުތަކަށް މީހުން އިންތިހާބުކުރުން ވެސް އޮންނާނެ މައުލޫމާތު ލިބިފައިވެއެވެ.
އެމްއެންޕީން ބުނި ގޮތުގައި ކޮންގްރެސްގައި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މެންބަރުންގެ އިތުރުން، ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންނާއި ގޮފިތަކުގެ ރައީސުން ވެސް ކޮންގެރެސްގައި ބައިވެރިވާނެ ކަމަށް އެމްއެންޕީން ބުންޏެވެ.