ads
ދެވަަނަ ޑިވިޝަންގެ ޗެމްޕިއަންކަން ވެލެންސިޔާއަށް

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބު ވެލެންސިޔާއިން ހޯދައިފި އެވެ. 

ވެލެންސިޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ރޭ ސުޕަ ޔުނައިޓެޑް ތިން ލަނޑު އެއް ލަނޑުން ބަލިކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސުޕަ ޔުނައިޓެޑުންނެވެ. އާދަމް ނިޒާމުގެ މި ލަނޑުން ސުޕަ ޔުނައިޓެޑުން ކުރި ހޯދި ނަމަވެސް، ވެލެންސިޔާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. 

ވެލެންސިޔާއިން ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. އަދި މެޗު ނިމެން ކުޑަ އިރުކޮޅަކަށް ވެފައިވަނިކޮށް ވެލެންސިޔާއިން ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ޑިވިޝަންގެ ތަށި ޔަގީންކޮށްފަ އެވެ.

އެފްއޭއެމުން އާއްމުކޮށްފައިވާ ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ދެވަނަ ޑިވިޝަންގެ ފައިނަލްގައި ކުޅުނު ދެ ޓީމާއި ދިވެހި ލީގުގެ ފުލަށް ދިޔަ ދެ ޓީމާއި އެކު ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ މޮޅުވާ ދެ ޓީމު އަންނަ ސީޒަންގައި އެއްވަނަ ޑިވިޝަން ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. 

ދިވެހި ލީގުގެ ފަހު ބުރު، މުބާރާތުގެ ގަވާއިދުގައި އޮތް ގޮތާއި ޚިލާފަށް އެފްއޭއެމުން ބަދަލުކޮށްފައިވާތީ ދިވެހި ލީގުގެ ފުލަށް ދިޔަ ޓީމުގެ ގޮތުގައި ޕްލޭ އޮފް ކުޅޭނީ ކޮން ބައެއް ކަމެއް ސާފެއް ނޫނެވެ. ދެވަނަ ބުރުގެ ފުލަށް ދިޔައީ ނިލަންދޫއާ ޔުނައިޓެޑް ވިކްޓްރީ އެވެ. އޭނގެ ކުރިން އެފްއޭއެމުން ވަނީ ވިކްޓްރީއާއި ނިއު ސަސްޕެންޑްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް