ޕޮލިހަކު ޓްރެފިކު ބަލަހައްޓަނީ: ފޮޓޯ---އަދަދު
މިއަދު ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވީ ލައިސެންސް އޮތް މީހެއް ނޫން: ފުލުހުން
Share
މިއަދު ހަވީރު މާލޭގައި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވަމުން ގެންދަވާ ހިލާލީގެ ކައިރީ ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކަށް ވަނީ އަނިޔާޥެފަ އެވެ. 

މި ކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އެކްސިޑެންޓުގެ ރިޕޯޓް ލިބުނީ، ހަވީރު 16:33 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ، އުމުރުން 48 އަހަރުގެ ދިވެހި އަންހެން މީހާ މަގު ހުރަސް ކުރަނިކޮށް އޯކިޑް މަގުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ޖެހިގެން ކަމަށެވެ. އަންހެން މީހާގެ ފަޔަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓުގައި ސައިކަލް ދުއްވީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެ މީހާ އަކި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫން ކަމަށެވެ. އަދި މިހާރު އޭނާ ދުއްވި ސައިކަލު ޓޯ ކޮށްފައި ވާކަމަށްވެސް ވިދާޅުވި އެވެ. 

މި އެކްސިޑެންޓް ހިނގި ތަނަށް ނައިބު ރައީސް ފައިސަލް ވަނީ ވަޑައިގެންފަ އެވެ. އަދި އެކްސިޑެންޓް ގައި ސައިކަލް ދުއްވަން އިން ފަރާތަަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރި ވެފަ އެވެ. 

މީގެ އިތުރުން އެމަނިކުފާނު ވަނީ މަގުމަތީގައި ދުއްވާ އިރު، ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ، މަގު ބޭނުން ކުރާ އެހެން ފަރާތްތަކަށް ސަމާލުކަން ދިނުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

13%
ކަމުގޮސްފި
88%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް