ads
ރައީސް ޔާމީން އަދި އަދުރޭ
ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް މިއަދު
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އިތުރު އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި އޮންނާނެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ބައްލަވާ މި މައްސަލައިގެ އަޑު އެހުން އޮންނާނީ މިއަދު ހެނދުނު 9:30 ގައެވެ. ކުރީގެ އަޑު އެހުންތަކެކޭ އެއް ގޮތަށް މި އަޑު އެހުންވެސް ލައިވްކޮށް ފޮނުވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މިއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ރައީސް ޔާމީން ހިޔާނާތްވީ ކަމަށް ބުނެ ދައުލަތުން ކުރާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މިހާރު ހިނގަމުންދާ ޝަރީއަތަކީ ރައީސް ޔާމީންގެ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާކަމަށް ބުނާ މައްސަލައިގެ ދައުވާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް