ads
އެސްޓީއޯ އިން ހިޓާޗީ ފްރިޖް ޕްރޮމޯޝަން ފަށައިފި
އެސްޓީއޯ އިން ހިޓާޗީ ފްރިޖް ޕްރޮމޯޝަން ފަށައިފި
އެސްޓީއޯ "ހިޓާޗީ ފްރިޖް" ޕްރޮމޯޝަން ފަށައިފި އެވެ.

އެސްޓީއޯއިން ބުނެފައިވަނީ، މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. 

މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ އައިޓަމް ތަކުން 20 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓު ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

"ޕްރޮމޯޝަންގައި ހިމެނޭ ފްރިޖްތަކުގެ ތެރެއިން ކުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ. މި ޕްރޮމޯޝަންގެ ކޫޕަން ލިބިވަޑައިގަންނަވާނީ ޑިޖިޓަލް ކޫޕަންއެއްގެ ގޮތުގަ" އެސްޓީއޯއިން ބުނެޏެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ، ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބޭނެ ކަމަށާއި، މި ގިފްޓް ވޮއުޗަރުގެ ދަށުން އިނާމުގެ ގޮތުގައި ލިބިގެންދާނީ، ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެ ތަކެތި ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް