ads
އެމްޑީޕީ ކެމްޕެއިން ލޯންޗުކުރުން މިރޭ ކާނިވާގައި
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕެއިން ލޯންޗް ކުރުން މިރޭ ކާނިވާ ސަރަހައްްދުގައި އޮންނާނެ ކަމަށް އެޕާޓީން ބުނެފައި އެވެ.

"ރަށްވެހި ފަތިސް" ކެމްޕެއިން ލޯންޗް ކުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިރޭ 8:45 ގައި އޮންނާނެ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ. 

މާލޭގައި ބާއްވާ ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައި ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. އަދި މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެލައްވާނޭ ކަމަށްވެސް އެމްޑީޕީން މައުލޫމާތު ދީފައިވެއެވެ. 

ރާއްޖޭގެ ހުރިހާ ރަށެއްގައި ކެމްޕެއިން ލޯޗިން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެމްޑީޕީން މީގެ ކުރިން ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ 60 އިންސައްތަ އެ ޕާޓީން ކާމިޔާބު ކުރާނެ ކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ވަނީ އެޕާޓީގެ ޕްރައިމަރީ ޖެނެއަރީ 31 ވަނަ ދުވަހު ބާއްވާފައެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކެންޑިޑޭޓުން އިންތިހާބު ކުރަންޖެހެ އެވެ. މިއިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް