ads
ގެއްލިގެން ހޯދަމުންދާ ޒުވާނާ
ގެއްލިގެން ހޯދަމުން ދާ ޒުވާނާ އެންމެ ފަހުން ފެނުނީ ކާރަކަށް އަރަނިކޮށް: ފުލުހުން
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިމަހުގެ 20 ވަނަ ދުވަހު ގެއްލުނު ޒުވާނާ އެންމެ ފަހުން ފެނުނީ ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު އޭނާ ގެއްލިގެން ރިޕޯޓް ކުރުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މުހައްމަދު އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ލައިގެން ކަމަށްވެސް ފުލުހުން އެދުވަހު ވަނީ ބުނެފަ އެވެ. 

މުހައްމަދު އަޒުހާން ގެއްލުނުތާ ފަސް ދުވަސް ވެފައި ވާއިރު، މިއަދު ފުލުހުން ވަނީ އައު މައުލޫމާތު ހިއްސާ ކޮށްފަ އެވެ. 

އެގޮތުން ފުލުހުން މިއަދު ބުނީ، އަޒުހާން އެންމެ ފަހުން ފެނިފައިވަނީ، މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހިޔާ ޓަވަރުގެ 13 ވަނަ ޓަވަރު ކައިރިން ކަމަށާއި، ފެނުނީ ހުދު ކުލައިގެ ކާރަކަށް އަރަނިކޮށް ކަމަށެވެ. 

"މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މުޙައްމަދު އަޒުހާން އެންމެ ފަހުން ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން. އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފަ. އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުން."

ފުލުހުން ވަނީ، އެ ސަރަހައްދުން ފަތިހު ފެންނަ ކާރުގެ ފޮޓޯ އާއްމު ކޮށްފަ އެވެ. 

ފޮޓޯ އާއްމު ކުރަމުން ފުލުހުން ބުނީ، އަޒުހާން އަދި ހިޔާ ފްލެޓް ސަރަހައްދުން ފޮޓޯއިން ފެންނަ ހުދުކުލައިގެ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ ޑްރައިވަރު އެކަން ލަސް ނުކުރައްވައި ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި އެމައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް