ads
އެފްއޭގެ ރައީސް ބައްސާމް އަދި ޖީއެސް ޖަވާޒް
ސައުދީގައި ތިބި ކުޅުންތެރިންނާ އޮފިޝަލުން މާލެ އަތުވެއްޖެ
އަންޑަ 20 އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ މެޗުތަކަށް ފަހު މާލެ ނާދެވި ބާކީ ތިބި ކުޅުންތެރިންނާ އޮފިޝަލުން މިއަދު މާލެ އަތުވެއްޖެއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި ޓީމުން ކުޅުން ފަހު މެޗު ކުޅުނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 18 ވަނަ ދުވަހު ކުޅުނު މެޗަށް ފަހު ޓީމު އެނބުރި މާލެ އައުމަށް 20 ވަނަ ދުވަހު، ފުރަން އެއަޕޯޓަށް ދިޔަނަމަވެސް ޓިކެޓްގެ ކަންތައް ހަމަ ޖެހިފައި ނެތުމުން ދިވެހި ޓީމުގެ ގިނަ ކުޅުންތެރިންނާ އޮފިޝަލުންނަށް ފުރޭ ގޮތެއް ނުވިއެވެ. އެކަންވަނީ ޓީމުގެ މެންބަރަކާ ހަވާލާދީ ކަން ހިނގައިދިޔަ ގޮތް އެނގޭ މީހަކު މި ނޫހާ ހިއްސާކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދުވަހު މާލެއަށް ފުރުނީ 4 އޮފިޝަލަކާ 6 ކުޅުންތެރިންނަށެވެ. ބާކީ ތިބި ކުޅުންތެރިން އެނބުރި ދިޔައީ ކުރިންވެސް ތިބި ހޮޓަލަށެވެ. 5 ދުވަސް ފަހުން މިއަދު އެ ކުޅުންތެރިންނާ އޮފިޝަލުން އެނބުރި މާލެ އައުމާ ހަމައަށް ސައުދީގައި އެ ކުޅުންތެރިންނާ އޮފިޝަލުން ތިބުމުގެ ހުރިހާ އިންތިޒާމެއްވެސް ހުރީ ވަރަށް ފުރިހަމައަށް ހަމަ ޖައްސާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް