ads
އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެމްޕީއެލް
600،000 ރުފިޔާގެ އެމްޕީއެލް ކޮމިއުނިޓީ ފަންޑު އިފްތިތާހު ކޮށްފި
ދިވެހި މުޖްތަމައުއަށް ފައިދާހުރި ކަންކަން ކޮށްދިނުމުގެ މަގްސަދުގައި އެމްޕީއެލް އިން ކޮމިއުނިޓީ ފަންޑެއް ހުޅުވައިފި އެވެ.

އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކުންފުނިން ވަނީ ރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުންޏަށް ގިނަ ދުވަހު މަސައްކަތް ކުރި ފަރާތްތަކުގެ އަގުވަޒަން ކޮށްފައި ވާއިރު، ރޭގެ ޖަލްސާގައި އެންމެ ހާއްސަ އެއްކަމަކީ އެކުންފުނިން އިފްތިތާހު ކުރި ކޮމިއުނިޓީ ފަންޑެވެ. 

އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި 600،000 ރުފިޔާގެ މި ކޮމިއުނިޓީ ފަންޑަކީ، ދިވެހި މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ފަރާތްތަކަށާއި، މުޖަތްމައުގެ ދިރިއުޅުމުގެ ހާލަތު ކުރިއަރުވާ، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް ފައިސާ ހަރަދު ކުރުމަށް ތައްޔާރު ކުރެވުނު ފަންޑެއް ކަމަށެވެ. 

އެމްޕީއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ނުވާ ޕްރޮޖެކްޓު ތަކާއި، އަހަރަކަށް ވުރެ ގިނަ ދުވަސް ނުވާ ޕްރޮޖެކްޓްތަކަށް ފަންޑު ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ތިން މަސް ނުވާ ޕްރޮޖެކްޓު ތަކަށް 50،000 ރުފިޔާ ދިނުމަށް އެކުންފުނިން ނިންމާފައި ވާއިރު، އަހަރަކަށް ވުރެ ގިނަ ދުވަސް ނުވާ ޕްރޮޖެކްޓު ތަކަށް 100،000 ރުފިޔާ ދިނުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ. 

އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި ފަންޑަށް އެދި މަދަނީ ޖަމިއްޔާތަކާއި އެހީ ނުވަތަ ޗެރިޓެބްލް އޮގަނައިޒޭޝަންތަކުގެ އިތުރުން ކްލަބް ޖަމިއްޔާތަކަށް ކުރިމަތި ލެވޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް