ads
ފޮޓޯ: އެމްއެންޑީއެފް
ޑީކޯވި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި
ޑޯކީވި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، ޑީކޯ ވެގެން ގދ. ތިނަދޫ އަބްދުއްސަމަދް މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގޮސްފައިވަނީ އުމުރުން 51 އަހަރު ދިވެހި ފިރިހެނަކަށް ކަމަށެވެ. 

އަދި އެމީހާ އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ތ. ވޭމަންޑޫއަށް ގެންގޮސް އެރަށުގައި އޮންނަ ސީ އެމްބިއުލާންސްގައި މިއަދު މެންދުރު 2:55 ހާއިރު މާލެ ގެނެސްފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. 

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑީކޯ ވެފައިވަނީ އައްޑޫސިޓީ އަށް ނިސްބަތްވާ "މޯހިރު" ނަމަކަށް ކިޔާ ދޯނީގެ ޑައިވަރެކެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް