ads
ޕްރިން ހާލިދު(ކ)، ވަލީ އަހްދު،މުހައްމަދު(ވ)
ސައޫދީ ރަސްގެފާނުގެ ދަރިކަލުން މުހަންމަދަށް ބޮޑުވަޒީރުކަން، ދަރިކަލުން ހާލިދަށް ޑިފެންސް
ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަރިކަލުން ވަލީ އަހުދު، މުހައްމަދު ބިން ސަލްމާން، އެގަައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް، އަދި ދަރިކަލުން ހާލިދު ބިން ސަލްމާން ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

މި މަގާމުތަކަށް ދަރިކަލުން އައްޔަންކުރައްވާފައިވަނީ އިއްޔެ ނެރުނު ރަސްގެފާނު ސަލްމާންގެ ގަރާރަކުންނެވެ.

ވަލީ އަހުދު، މުހައްމަދު ވަނީ ބޮޑުވަޒީރުގެ ނައިބުކަމާއި، ޑިފެންސް މިނިސްޓަރުކަން މީގެ ކުރިން ފުރުއްވާފައެވެ. ބޮޑުވަޒީރުކަމަށް މުހައްމަދު އައްޔަންކުރުމާއިއެކު، ދަރިކަލުން ޕްރިންސް ހާލިދު ވަނީ ޑިފެންސް މިނިސްޓަރު ކަމަށް އައްޔަންކޮށްފައެވެ. ހާލިދު މީގެ ކުރިން ހުންނެވީ ބޭބޭފުޅު، ވަލީއަހުދު މުހައްމަދު ޑިފެންސް މިނިސްޓަރުކަން ކުރައްވަމުންދިޔައިރު، އެ މިނިސްޓްރީގެ ނައިބެއްގެ ގޮތުގައެވެ.

މި ބަދަލުތައް ރަސްގެފާނު ސަލްމާން ގެންނެވި ސަބަބެއް ގަރާރުގައި ފާހަގަކޮށްފައެެއް ނުވެއެވެ. ނަމަވެސް އެ ސްޓޭޓުގެ ނިއުސް އެޖެންސީ އެސްޕީއޭއިން ރިޕޯޓުކޮށްފައިވާގޮތުގައި ކެބިނެޓު މީޓިންތައް އަދިވެސް ޗެއާ ކުރައްވާނީ ރަސްގެފާނު ސަލްމާން އެވެ.

އަދި އެހެން ހުރިހާ އިސް ވަޒީރުން މަގާމުގައި  ދެމިތިއްބަވާނެ ކަމަށް ގަރާރުގައި ވެއެެވެ. އެގޮތުން ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދާއި، ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖާދާން އަދި އިންވެސްޓްމަންޓް މިނިސްޓަރު ހާލިދު އަލް ފާލިހު ވެސް މަގާމުގައި ދެމިތިއްބަވާނެ އެވެ.

އުމުރުފުޅުން 80 އިން މަތީގައި އުޅުއްވާ ރަސްގެފާނު ސަލްމާން މިދިޔަ މެއި މަސްތެރޭ މެޑިކަލް ޗެކަޕްތަކަކާއި ސިއްހީ ފަރުވާ ހޯއްދެއްވުމަށް ހޮސްޕިޓަލުގައި އެޑްމިޓުވެވަޑައިގަތެވެ. ސިއްހީ ހާލުކޮޅު ހުރިގޮތުން ޝާހީ ރަަސްކަމުގެ ގިނަ ބާރުތަކެއް މިހާރުވެސް ދަރިކަލުން މުހައްމަދުގެ އަތްޕުޅު މައްޗަށް ރަސްގެފާނު ސަލްމާން ވަނީ ދޫކޮށްލާފައެވެ. 

އެގޮތުން އިގްތިސާދާއި ދިފާއީ ދާއިރާއާއި ތެލާއި އެތެރޭގެ ސަލާމަތީ ކަންކަން ކުރިއަށް ގެންދަވަނީ އުމުރުން 37 އަހަރުގެ ވަލީއަހުދު މުހައްމަދުގެ ބެލުމުގެ ދަށުން ނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް