ads
އަހްމަދު ސައީދު އަލީ
ރިޝްވަތުގެ ތުހުމަތާއެކު އިސްތިއުފާދިން މެޖިސްޓްރޭޓްގެ މައްސަލަ ޕޮލިހަށް
ރިޝްވަތުގެ ތުހުމަތު ކުރެވުމުން އިސްތިއުފާދިން ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ ގެ މައްސަލަ ޕޮލިހަށާއި އޭސީސީއަށް ފޮނުވަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ އެ މައްސަލަ ޕޮލިހަށް ފޮނުވަން ނިންމީ، އަހްމަދު ސައީދު އަލީ މިހާރު މަގާމުން އިސްތިއުފާ ދީފައިވާތީ އޭނާގެ މައްސަލަ ޖޭއެސްސީއަށް ދެން ބެލެން ނެތުމުން ކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ބެލުމުގެ އިހްތިސާސް ލިބިފައިވަނީ ފަނޑިޔާރުންގެ ސުލޫކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައްކަމަށްވާތީ، އަހްމަދު ސައީދު އަލީ، މިހާރު ފަނޑިޔާރުކަމުގައި ހުރި ފަރާތަކަށް ނުވުމުން، އޭނާގެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތުމުން ފައިލްކުރަން ނިންމާ، އަދި މިމައްސަލަ ކޮމިޝަންގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުންވަނީ ނިންމާފައެވެ.

ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ އިސްތިއުފާ ދިނީ މި މަހު ކުރީކޮޅުއެވެ. އޭނާ އިސްތިއުފާ ދިން އިރު، އޭނާ ރިޝްވަތު ނަގާ ކަމަށް ބުނާ މައްސަލައެއް ޖުޑީޝަލް ސަވިސް ކޮމިޝަނަށް ހުށަހެޅި އެ ކޮމިޝަނުން ތަހުގީގު ކުރަން ފަށަންވަނީ ތައްޔާރުވެފައެއެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް