ads
މޯހަންއާ ސާންތީ އޭދަފުށީގައި
އީގަލްސްއާ އޭދަފުށި އެކުވެރިކަމުގެ މެޗަކަށް
ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ މަގާމު ހޯދާފައިވާ ކްލަބު އީގަލްސްއާ އޭދަފުށީ ޓީމާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަ ޖައްސައިފިއެވެ. މި މެޗު އޮންނާނީ މާދަމާ ހަވީރު އޭދަފުށީ ދަނޑުގައެވެ.

އޭދަފުށީ ޓީމާ ދެކޮޅަށް ކުޅުމަށް ކްލަބު އީގަލްސް އިއްޔެވަނީ އޭދަފުށްޓަށް ގޮސް އެރަށުގައި ޕްރެކްޓިސް ފަށާފައެވެ. އެކުވެރިކަމުގެ މެޗަކަށް މި ދެ ޓީމު ތައްޔާރުވާއިރު، ފާހަގަކޮށްލެވޭ ބައެއް މުހިއްމު ކަންކަން އެބަހުއްޓެވެ. 

މި ގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ކަމަކީ، ޓީމުގެ ކޯޗުންނެވެ. އީގަލްސްއަށް މިހާރު ކޯޗުކޮށްދެނީ ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި މުހައްމަދު ސިޔާޒު މޯހަންއެވެ. އަނެއްކޮޅުން އޭދަފުށީގެ ކޯޗަކަށް ހުރީ، މޯހަންއާއި އެކު ގައުމީ ޓީމުގެ އެސިސްޓެންޓަކަށް ހުރި އިހްސާން އަބްދުލްޣަނީ (ސާންތީ)އެވެ. ސާންތީއަކީ ކުރިން ކްލަބު އީގަލްސްގެ ކޯޗުވެސްމެ އެވެ. މީގެ އިތުރުން ކްލަބު އީގަލްސްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އަލީ ފާސިރު (ސެންޓޭ)އަކީ އޭދަފުށްޓަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

އޭދަފުށްޓާއި އީގަލްސްއިން އެކުވެރިކަމުގެ މެޗަކަށް ތައްޔާރުވަމުން އަންނައިރު، އޭދަފުށިން ތައްޔާރުވަމުން އަންނަ ރަސްމީ މެޗަކީ އެފްއޭކަޕްގައި ޓީސީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އަނެއްކޮޅުން އީގަލްސްއަށް އެންމެ އަވަހަށް އޮތް ރަސްމީ މެޗަކީ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗެވެ. މި މެޗުގައި އީގަލްސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އެފްއޭކަޕުގެ މެޗުތައްވެސް އަންނަ މަހު ފެށޭނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް