ads
މިދިޔަ އަހަރު 79 ގެސްޓްހައުސް އަދި 18 ރިސޯޓް ހުޅުވި!
ފާއިތުވި 2019 ވަނަ އަހަރު ރާއްޖޭގައި މުޅިން އަލަށް 79 ގެސްޓްހައުސް އާއި 18 ރިސޯޓް ހުޅުވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2019 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި 563 ގެސްޓްހައުސް ހުއްޓެވެ. އެއީ 2018 ވަނަ އަހަރު ނިމުނު އިރު ހުރި 419 ގެސްޓްހައުސް އާއި 2019 ވަނަ އަހަރު ތެރޭ ހުޅުވުނު 79 ގެސްޓްހައުސްއެވެ. 

2018 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި ހުރީ 139 ރިސޯޓެވެ. 2019 ވަނަ އަލަށް ރަޖިސްޓްރީ ކުރި 18 ރިސޯޓާއި އެކު މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ރިސޯޓްތަކުގެ ޖުމްލަ އަދަދު ވަނީ 157 ކަށް އަރާފައެވެ. 

ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުންދާ 146 ރިސޯޓްގައި ޖުމްލަ 33،440 އެނދު ދަނީ ބޭނުން ކުރަމުންނެވެ. 2018 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިސޯޓް ތަކުގައި ހުރީ 30،545 އެނދެވެ. 

ގެސްޓް ހައުސް ތަކުގެ ތެރެއިން މިހާރު އޮޕަރޭޓް ކުރަމުން ދާ 563 ގެސްޓްހައުސްގައި ޖުމްލަ އެނދުގެ ކެޕޭސިޓީ އަކީ 9،216 އެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާ ތަނަށް ރާއްޖޭގައި ޓޫރިސްޓުނަށް އެކޮމަޑޭޓް ކުރެވޭ 51،958 އެނދު އެބަހުއްޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް