ads
17 އަހަރުން ދަށުގެ ގައުމީ ޓީމް
17 އަހަރުން ދަށުގެ ޓީމު ސައުދީއަށް
އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވާން ކުޅޭ މެޗުތަކުގައި ވާދަކުރުމަށް 17 އަހަރުން ދަށުގެ ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.

17 އަހަރުން ދަށުގެ ކޮލިފައިން މެޗުތައް އޮންނާނީ އޮކްޓޫބަރު މަހުގެ 1 ން 9 އަށެވެ. ކޮލިފައިންގައި ރާއްޖެއާ އެއްކޮށް އެއް ގްރޫޕެއްގައި ހިމެނެނީ ސައުދި އަރަބިއްޔާއާ އިންޑިޔާ އަދި މިޔަންމާގެ އިތުރުން ކުވައިތެވެ. މިއީ ރާއްޖެއަށްވުރެ މާ ބޮޑުތަނުންވެސް ރަނގަޅު ޓީމުތަކެވެ. 

ރާއްޖޭން ފުރަތަމަ މެޗުގައި ކުޅޭނީ ކުވޭތާ ދެކޮޅަށެވެ. އޭގެ ފަހުން އިންޑިޔާއާ ކުޅުމަށް ފަހު ސައުދީއާ ކުޅޭނެއެވެ. ފަހު މެޗުގައި ނުކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް