ads
ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
ކަނބަލުންގެ ފުޓްސަލް ޗެލެންޖް 2022ގައި ބައިވެރިވުމަށް ހުޅުވާލައިފި
ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމު ކުރާ "ކަނބަލުންގެ ފުޓްސަލް ޗެލެންޖް 2022" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅައި 8 ޓީމަށެވެ. މުބާރާތުގެ ބައިވެރިވުމުގެ ސުންގަޑި އަކީ 5 އޮކްޓޫބަރު 2022 އެވެ. 

ކަނބަލުންގެ ފުޓްސަލް ޗެލެންޖުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، ކުޅުދުއްފުށީގެ އަންހެން ފުޓްސަލް ކުރިއެރުވުމާ، ފުޓްސަލް ކުޅެން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތު ހޯދައިދިނުމާއި އަންހެނުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޫބަރ 2022 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް