ads
ޝިލްޕާ އާއި އޭނާގެ އާއިލާ--
ޝިލްޕާ ޝެޓީއަށް އަންހެން ދަރިއަކު ލިބިއްޖެ
ބޮލީވުޑުގެ މަޝްހޫރު ތަރި، ޝިލްޕާ ޝެޓީއަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް އެކަން އިއުލާންކޮށް ޝިލްޕާ ބުނީ ދަރިފުޅު ލިބުނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. މިއީ ސަރޮގެސީ މެދުވެރިކޮށް އޭނާ ހޯދި ދަރިއެއް ކަމަށް ނޫސްތަކުން ބުނެ އެވެ.

އިންސްޓަގްރާމަށް ދަރިފުޅުގެ އަތުގައި ހިފައިގެން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ޝިލްޕާ ބުނީ އޭނާގެ ދުއާ އިޖާބަކޮށްފައިވާ ކަމަށެވެ. މި ކުއްޖާއަށް ދީފައިވަނީ ސަމީޝާ ޝެޓީ ކުންޑްރާ އެވެ. 

ދެހާސް ނުވަ ވަނަ އަހަރު، ޝިލްޕާ އާއި ވިޔަފާރިވެރިޔާ ރާޖު ކުންޑްރާ ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް ވަނީ 2012 ވަނަ އަހަރު ފިރިހެން ކުއްޖަކު ލިބިފަ އެވެ. 

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފުވި ޝިލްޕާ އެންމެ ފަހުން ފެނިގެން ދިޔައީ 2007 ވަނަ އަހަރު ނެރުނު ފިލްމު، "އަޕްނޭ" އިންނެވެ. ފިލްމީ ދާއިރާއާ 12 އަހަރު ދުރުގައި އުޅުމަށް ފަހު ޝިލްޕާ މި ވަނީ، އެނބުރި ފިލްމި ދާއިރާއަށް އައުމަށް ތައްޔާރުވެފަ އެވެ.

ފިލްމީ ދާއިރާއާ ދުރަށް ދިޔަ ނަމަވެސް އުމުރުން 44 އަހަރުގެ ޝިލްޕާ، އޭނާގެ ސަޕޯޓަރުންނާ ދުރަކަށް ނުދެ އެވެ. އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް އޭނާ ދިޔައީ އުޅޭ ނޫޅޭ ގޮތް ސަޕޯޓަރުންނަށް އަންގަމުންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތަފާތު ޑާންސް ރިއަލިޓީ ޝޯތަކުގައި ޖަޖެއްގެ ގޮތުގައި ޝިލްޕާ ފެނިގެން ދިޔަ އެވެ.

ޝިލްޕާ ކުޅެފައި ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ބާޒިގަރް" އާއި "ދަޅްކަން" އާއި "ރިޝްތޭ" އާއި "ހިންމަތު" އާއި "އާގް" އާއި "ޕަރްދޭސީ ބާބޫ" އާއި "ލާލް ބާދްޝާހް" އަދި "ފަރޭބް" ހިމެނެ އެވެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް