ads
އޮޔާ ދިޔަ މީހާ ސަލަމާތްކުރަނީ——ފޮޓޯ:ގުރައިދޫ ކައުންސިލް
އޮޔާ ދަމައިގެން މީހަކު ސަލާމަތްކޮށްފި، 3 މީހުންގެ އަވަސް ވިސްނުމަށް ތައުރީފާއި ޝުުކުރު
ކ. ގުރައިދޫގައި މޫދަށް އެރި އުޅުނިކޮށް އޮޔާ ދަމައިގެން ފަތުރުވެރިއަކު ސަލަމާތްކޮށްފި އެވެ.

އޮޔާ ދަމައިގަނެފައިވަނީ، ގުރައިދޫގައި ގެސްޓުންނަށް ހާއްސަކޮށްފައިވާ ސަރަހައްދަކަށް މޫދަށް އެރި އުޅުނު  ރަޝިއާގެ ޓޫރިސްޓެއް ކަމަށްވާ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.

އާއިލާއާއިއެކު މޫދަށް އެރި އުޅެނިކޮށް އޭނާ އޮޔާ ދަމައިގަތުމުން އޭނާގެ އަންހެނުން ވަނީ އެހީތެރިކަމަށް އެދި ގޮވާފައެވެ. އެއަޑަށް މޫދަށް އެރި އެ ފިރިހެންމީހާ ސަލާމަތްކުރީ ސަރަހައްދުގައި އުޅުނު ފުލުހެއްގެ އިތުރުން ދެ ޒުވާނެކެވެ. 

އެ މަންޒަރު ފެންނަ ފޮޓޯތައް ކައުންސިލުން ހިއްސާކޮށް، އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ މޫދަށް އެރި ފަތުރުވެރިޔާގެ ފުރާނަ ސަލާމަތްކޮށްދިން ތިން ޒުވާނުންގެ ހިތްވަރަށް ތައުރީފު ކޮށްފައެވެ. 

ހާއްސަކޮށް އެރަށު ފުލުހެއް ކަމަށްވާ އަހްމަދު އަމަން އަބްދުﷲ ރަސްމީ ފުލުހުންގެ ޔުނީފޯމުގައި ހުރެ ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން ގިނަ ބަޔަކު ފާހަގަކުރީ އަވަސް ވިސްނުމާއި، ޒިންމާ އަދާކުރުމުގެ ނަމޫނާއެއްގެ ގޮތުގައެވެ.

your imageއޮޔާ ދިޔަ މީހާ ސަލަމާތްކުރަނީ——ފޮޓޯ:ގުރައިދޫ ކައުންސިލް

  

ގުރައިދޫ ކައުންސިލުން ބުނިގޮތުގައި އެ ފަތުރުވެރިޔާ އޮޔާ ދަމައިގެން ސަރަހައްދަކީ ވަރަށް އޮއިބާރު ސަރަހައްދެކެވެ.

”ފަތުރުވެރިޔާއަށް އެހީތެރިވި ފަރާތްތަކަށް ކައުންސިލާއި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން“ކައުންސިލުން ބުންޏެވެ.

އޭނާ އަށް ވަގުތުން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވާއިރު އޭނާގެ ހާލު މިހާރު ރަނގަޅެވެ. އޭނާ މިހާރު ވަނީ ފަރުވާއަށްފަހު މަރުކަޒުން ދޫކޮށްލާފައެވެ. 

90%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް