ads
ރިސޯޓެއްގެ މުވައްޒަފެއް
ވެލަންޓައިންސް ޑޭގައި ބަނގުރާ ބޮއެގެން ކަނޑާލި މުވައްޒަފަކަށްވެސް ބަދަލު ދޭން ޖެހިއްޖެ
ވެލަންޓައިންސް ޑޭގައި ރިސޯޓެއްގެ ބާގައި ބަނގުރާ ބޮއެގެން ކަނޑާލި މުވައްޒަފަކަށްވެސް ބަދަލު ދޭން ޖެހިއްޖެއެވެ.

މިއީ ރާއްޖޭގެ ދެކުނުގައި ހިނގަމުން އަންނަ ރިސޯޓެއްގެ ފްރަންޓް އޮފީސް އެންޑް ލައިފް ސްޓައިލް މެނޭޖަރުކަމުގެ މަގާމު އަދާކުރަމުން ދިޔަ ދިވެހި ފިރިހެނަކު ވަޒީފާއިން ވަކިކުރި މައްސަލައެވެ. 

އޭނާ ވަޒީފާއިން ވަކިކުރުމުން ރިސޯޓާ ދެކޮޅަށް ދައުވާކޮށް، އެދިފައިވަނީ އަލުން ވަޒީފާ އަނބުރާ ހޯދުމަށާއި ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދާށެވެ. ވަޒީފާއިން ވަކިކުރި މެނޭޖަރަކީ 2021 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ބަނގުރާ ބޮއެގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މި އަހަރުއެވެ.

މި މައްސަލައިގައި ރިސޯޓުގެ ފަރާތުންވަނީ އޭނާ، ވެލަންޓައިންސް ޑޭގައި ރިސޯޓުގެ ބާއެއްގައި ބަނގުރާ ބުއިކަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ކިޔައިދީފައެވެ. އަދި އެކަން ސީސީޓީވީ ފުޓޭޖުންނާއި ބާގައި ތިބި އެހެން މީހުންގެ ބަހުންވެސް އެނގޭކަން ރިސޯޓުން ޝަރުއީ މަރުހަލާގައި ކިޔައިދިނެވެ. އަދި އޭނާ މަގާމުން ވަކިކުރީ މައުލޫއީ ގޮތުން މައްސަލަ ބަލައި، ރަނގަޅަށް ކަމަށްވެސް ޓްރައިބިއުނަލުން މިދިޔަ ހަފްތާގައި ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް އޭނާ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަން ފުރިހަމަކޮށްފައި ނުވާތީ އޭނާއަށް ރިސޯޓުން 3500 ޑޮލަރުގެ ބަދަލެއް ދޭން ޖެހޭ ކަމަށް ޓްރައިބިއުނަލުން ކަނޑައެޅިއެވެ. އެއީ އޭނާގެ އެއް މަހުގެ މުސާރައެވެ.

11%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް