ads
އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ
ޓީޗަރުންގެ ދުވަސް ބޯމަތީ އޮއްވާ ދުވަސްތައް ފާހަގަކުރަން ހޭދަކުރުން މަދުކުރަން އަންގައިފި
ޓީޗަރުންގެ ދުވަސް ކުޑަތަންވެފައިވަނިކޮށް، އެކިއެކި މުނާސަބަތުތައް ފާހަގަ ކުރުމަށް ބާއްވާ ދުވަސްތައް އިންތިޒާމުކުރުމުގައި ކުރާ ހޭދަތައް މަދުކޮށް އިގްތިސާދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ސޮއި ކުރައްވާ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް، ދުވަސްތައް ފާހަގަ ކުރުމަށް ކުރާ ހޭދަ ކުޑަކުރުމަށް އަންގައި ސިޓީ ފޮނުވާފައިވަނީ މި އަހަރުގެ ޓީޗަރުންގެ ދުވަސް ކުޑަތަންވެފައިވަނިކޮށެވެ. ޓީޗަރުންގެ ދުވަހަކީ މި މަހުގެ 5 ވަނަ ދުވަހެވެ.

މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވަނީ އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި މި ގޮތަށް ކުރާ ހޭދަތަކަށް ބޭނުންވާ ފައިސާ ސްކޫލްތަކުގެ ޕީޓީއޭ މެދުވެރިކޮށާއި އެކި ފަރާތްތަކުން ހިލޭ އެހީ އާއި ސްޕޮންސަރުގެ ގޮތުގައި ހޯދާކަން ފާހަގަ ކުރެވޭ ކަމަށެވެ

މި ފަދަ ހޭދަތައް ކުރުމަކީ މިނިސްޓްރީން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫންކަމަށާއި އެ ކަންކަން އެ ގޮތަށް ކުރުމުގެ ސަބަބުން މިނިސްޓްރީއަށް ޝަކުވާ ލިބެމުންދާ ކަމަށް މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް