ads
އައިފޯން 14
އައިފޯން ގެނެސްދޭނެ ކަމަށްބުނެ ލާރި ނަގައިގެން ދިވެހިން ތަކެއް ފިލައިފި
އެޕަލް ކުންފުނިން ބާޒާރަށް އެންމެ ފަހުން ނެރުނު އައިފޯނު 14 ގެނެސް ދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ލާރި ނަގައިގެން ދިވެހިން ތަކެއް ފިލި މައްސަލަ ފެންމަތިވެެއްޖެ އެވެ.

މީގެ ދުވަސް ކޮޅެއް ކުރިން، އިންސްޓަގްރާމް ޕޭޖެއް ކަމަށްވާ، އީކޮމާސް އިލެކްޓްރޯނިކްސް މޯލްޑިވްސް އިން ވަނީ، އައިފޯން 14 ގެ ހުރިހާ މޮޑަލްއެއްގެ ޕްރީއޯޑާ ނަގާ ކަމަށް ބުނެ އިއުލާން ކޮށްފަ އެވެ. ޑައުން ޕޭމަންޓުގެ ގޮތުގައި 3000 ރުފިޔާ ދެއްކުމުން މަހުން މަހަށް ބަހާލައިގެން ބާކީ ފައިސާ ދެއްކޭނެ ކަމަށް ބުނެ އެ ޕޭޖުން ދިޔައީ އިސްތިހާރު ކުރަމުންނެވެ. 

އެ ޕޭކުން ވަނީ ޖުމްލަ 100 ފޯނު ފުރަތަމަ ބުރުގައި ޕްރީއޯޑާ އަށް ގެނެސްދޭން ނިންމާފައި ވާކަމަށް ބުނެފަ އެވެ. އަދި އެ ޕޭޖުން ޕްރީއޯޑާއަށް ހުޅުވާލިތާ މަދު ވަގުތު ކޮޅެއްގެ ތެރޭ 100 ފޯނުގެ ޕްރީއޯޑާ ނަގާ ނިމިފައި ވާކަމަށްވެސް އެ ޕޭޖުން ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެ ޕޭޖުން ވަނީ އަފޯން 14 އަށް ޕްރީއޯޑާ އަށް ހުޅުވާލުމުގެ ކުރިން ބޮޑު ގިވް އަވޭ އެއްވެސް ކުރިއަށް ގެންދާކަން އިއުލާން ކޮށްފަ އެވެ. އެގޮތުން އައިފޯން 13 ޕްރޯ މެކްސް އާއި އެޕަލް ވޮޗް އަކައީ، އެއާޕޮޑް ގެ އިތުރުން މެކް އެއް ލިބޭނެ ކަމަށް އެ ޕޭޖުން ކުރި ގިވްއަވޭ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.

your imageމަކަރާއި ހިލަތުން ފައިސާ ހޯދި ޕޭޖް 

 

އެހެން ނަމަވެސް އޭގެ ފަހުން އެ ޕޭޖު ވަނީ އިންސްޓަގްރާމް އިން ޑީއެކްޓިވޭޓް ކޮށްލާފަ އެވެ. އައި އެ ޕޭޖުން ޕްރީއޯޑާ ނަގަން ބޭނުން ކުރި ނަންބަރުވެސް ވަނީ ހިދުމަތް ކަނޑާލާފަ އެވެ. 

"9912523 އިން އޯޑަރު ނަގަމުން ދިޔައީ. ޕްރީ އޯޑާ އަށް ހުޅުވާލި ދުވަހު ހަމަ ބަންދު ވެސް ކުރި އޯޑާރު ހަމަވެފައި ވާކަމަށް ބުނެ. އޭގެ ފަހުން އެ މީހުންގެ ނަންބަރަކަށް ނުގުޅޭ. އިންސްޓަގްރާމް ޕޭޖު ޑީއެކްޓިވޭޓް ކޮށްލައިފި. މިއީ ލިބުނު ބޮޑު ލަނޑެއް." ޕްރީއޯޑާ ކުރި މީހަކު ބުންޏެވެ.

އެޕޭޖުން 100 ފޯނުގެ ޕްރީއޯޑަރު ނަގާފައި ވާއިރު، ކޮންމެ މީހެއްގެ އަތުން 3000 ރުފިޔާ ވަނީ ޑައުން ޕޭމަންޓުގެ ގޮތުގައި ނަގާފަ އެވެ. އެހެން ކަމުން އެ ޕޭޖުން ވަނީ ޖުމްލަ 300،000 ރުފިޔާ އޮޅުވާލައިގެން ހޯދާފަ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދިން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިފަދަ މައްސަލައެއް އެއިދާރާއަށް ހުށަހަޅާފައި ވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. 

ފަހަކަށް އައިސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުން އަންނަ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އަދި އެފަދަ ކަންކަމަށް ސަލާމުވެ ތިބުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. 

31%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް