ads
އެމްޑީޕީ ޖަލްސާއަށް ދާން އެންގި ކަމަށް ބުނާ ލިޔުމަކީ އަސްލެއް ނެތް ލިޔުމެއް: ފެނަކަ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕެއިން ޖަލްސާއަށް ދިއުމަށް ފެނަކައިގެ މުވައްޒަފުންނަށް އެންގިކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުކުރަމުން އަންނަ ލިޔުމަކީ އެއްވެސް އަސްލެއް ނެތް ލިޔުމެއްކަމަށް ފެންކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މުވައްޒަފުންނަށް ޖަލްސާއަށް ދާން އެންގިކަމަށް ބުނެ ދައުރުކުރާ ލިޔުމަކީ އެއްވެސް އަސްލެއްނެތް ލިޔުމެއްކަމަށެވެ. 

އަދި އެފަދަ އެއްވެސް އެންގުމެއް މުވައްޒަފުންނަށް އަންގާފައި ނުވާނެ ކަމަށްވެސް ފެނަކައިން މައުލޫމާތު ދީފައިވެއެވެ. 

އަދި ފެނަކައިގެ ނަމުގައި އަސްލުނޫން ލިޔުމެއް ދައުރު ކުރި މައްސަލަ ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފެނަކައިން މައުލޫމާތު ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް