ads
LIVE BLOG
ހުޅުމާލޭން ހަށިގަނޑު ފެނުނު ސަރަހައްދު
ގެއްލުނު ހަށިގަނޑާ ގުޅޭ ފުލުހުން ޕްރެސް ކޮންފަރެންސް ހުޅުމާލޭގައި
ގެއްލުނު ހަށިގަނޑާ ގުޅޭ ފުލުހުން ޕްރެސް ކޮންފަރެންސް ހުޅުމާލޭގައި އިރުކޮޅަކުން ފެށޭނެއެވެ،

ފުލުހުން ބުނީ ހުޅުމާލޭން ފެނުނު ހަށިގަނޑާ ގުޅޭ އިތުރު މައުލޫމާތު ދޭނީ ހުޅުމާލޭ ވޯޓަ ތީމް ޕާކު ކައިރިން ނިރޮޅު މަގުގައި ކަމަށެވެ. 

ފުލުހުން ބުނެފައިވަނީ ގެއްލިގެން އުޅޭ އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ހުޅުމާލޭން މިއަދު ހަވީރު 5:45 ހާއިރު ފެނިފައިވާ ކަމަށެވެ. 

19:44 މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި. 

19:47 މައުލޫމާތު ލިބިފައިވާ ގޮތުގައި ހަށިގަނޑު ފެނުނީ ހުޅުމާލޭ ސަހަރާ ކައިރީ އެ ސަރަހައްދުން. 

20:05 ފުލުހުން ބުނީ، އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް. 

20:07 ސީން އަދި ޕްރޮސެސް ނުކުރެވޭ. މާދަމާ ސީން ޕްރޮސްކޮށް އިތުރު މައުލޫމާތު ދެވޭނެ. 

20:08 ހެނދުނުއްސުރެ ފުލުހުން އައީ ގަސްތަކުގެ ތެރެ ބަލަމުން. އެއީ ސީސީޓީވީ ފުޓޭޖުން ލިބުނު މައުލޫމާތުގެ އަލީގައި

20:09 އަޒްހާނުގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ

20:10 މި މަރާ އެއްވެސް ބަޔަކާ ގުޅުމެއް އޮތް ކަމެއް އަދި ނޭނގޭ. 

20:11 ގެއްލިގެން އުޅޭ އަޒްހާންގެ ފޯން އަދި ހޯދިފައެއް ނުވޭ

19%
ކަމުގޮސްފި
34%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް