ads
އަޒްހާން ފެނުނު ސަރަހައްދު
އަޒްހާން ގެއްލުން: ފުލުހުން ކުރަނީ މަރުގެ ތަހުގީގެއް
ގެއްލިގެން އުޅޭތާ 2 ހަފްތާވެފައިވާ އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް، މަރުވެ ކުނިވެފައިވަނިކޮށް ފެނިފައިވާއިރު ފުލުހުން ކުރަމުން އަންނަނީ މަރުގެ ތަހުގީގެއް ކަމަށް ފުލުހުން ބުނެފިއެވެ.

ހޯމިސައިޑް ނުވަތަ މަރުގެ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް އަދި މިހާތަނަށް ވަކި މީހަކާ ނުވަތަ ބަޔަކާ މެދު މިކަމުގައި ފުލުހުން ތުހުމަތެއް ނުކުރެއެވެ. 

އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނު ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔާ، ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ ފެނުނު ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާގެ ހުއްދައަށް އެދިފައިވާ ކަމަށެވެ.

މި ކޭސްއާ ގުޅޭ އިތުރު ތަފްސީލް މާދަމާ ދޭނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ. 

އަޒުހާން ގެއްލުނުތާ މިއަދު މިއީ 14 ވަނަ ދުވަހެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ، ހުސްވި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހިޔާ ޓަވަރުގެ 13 ވަނަ ޓަވަރު ކައިރިން ކަމަށާއި، ފެނުނީ ހުދު ކުލައިގެ ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން އެންމެ ފަހުން އާއްމު ކުރި މައުލޫމާތުގައި ވަނީ ބުނެފަ އެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް