ads
އައްޑޫ ހިތަދޫ
އަނެއްކާވެސް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި
އައްޑު ސިޓީ ހިތަދޫން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އައްޑު ހިތަދޫން ގެއްލިގެން ހޯދަމުންދަނީ އުބައިދުﷲ ހަސަން ކިޔާ ޒުވާނެއް ކަމަށެވެ. އޭނާއަކީ އުމުން 28 އަހަރުގެ ޒުވާނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އުބައިދުފ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރުއެވެ. 

"އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް،" ފުލުހުން ބުނެފައިވެ އެވެ.

އުބައިދުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅަން ފުލުހުން އެދިފައިވެ އެވެ.

އައްޑޫ އިން ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު މާލޭން މީގެ 2 ހަފްތާ ކުރިން ގެއްލުނު ޒުވާނަކު މަރުވެފައި އޮއްވާ ރޭވަނީ ފެނިފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް