ads
މޭޔަރު ޝިފާ މުހައްމަދު--
ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް: މޭޔަރު ޝިފާ
ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބިރުވެެރިކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

 ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބިރުވެރިކަމެއްކަން ފާހަގަކުރައްވާ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިވެވަޑަގަތް ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ޕަބްލިކް ފާހާނާތައް މުޑުދާރުވެ މައްސަލަ ބޮޑުވުމާއި މާރުކޭޓް ގޮޅި ސަޕްލަޔަރުންނަށް ބައްޓަން ކުރުމުން އެކަން ހުއްޓުވުން ފަދަ ކަންކަން ނުފެންނަ ކަމަކަށް ހަދައިގެން ހުރިނަމަ މާރަނގަޅުވީސް ކަމަށެވެ.

މިގޮތަށް ޝިފާ ވިދާޅުވިއިރު ދަތުރުވެރިންގެ މާރުކޭޓުގެ މަސައްކަތް ލަސްވެފައި އޮތް ސަބަބެއް ކަމަށް ސިޓީ ކައުންސިލުގެ މެމްބަރުން ތުހުމަތު ކުރައްވަނީ ޝިފާއަށެވެ. އެގޮތުން މާރުކޭޓް ކޮމިޓީން ނިންމައި ނިންމުންތަކުގެ ބަދަލުގައި ޝިފާ އަމިއްލައަށް ބޭނުންވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމާއި ގުޅިގެން މަސައްކަތް މަޑުޖައްސާލީ ކަމަށް ވެސް އެތަނުގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.

އޭގެ އިތުރުން ވެސް ބައެއް ބޮޑެތި ތުހުމަތުތައް ޝިފާއަށް އެތަނުގެ މެމްބަރުން ކުރެއްވި މަންޒަރު ފެނިގެންދިޔައިރު ނައިޓު މާކެޓު ބާއްވަން ހުއްދަ ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެތަނުގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީން ވަނީ  އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. 

ޝިފާ މިއަދު ކުރެއްވި ޓްވީޓާ ގުޅިގެން ފަޒީން ވަނީ އެ ޓްވީޓަށް ވެސް ރައްދެއް ދެއްވާފަ އެވެ. އެގޮތުން ޝިފާ ދެއްކެވި އެވާހަކަތަކަކީ ކަންކަން ފަޅާއެރުމުން ސަލާމަތްވުމަށް ދައްކަވާ ވާހަކައެއްގެ ގޮތުގައި ފަޒީން ސިފަ ކުރައްވަ އެވެ. 

ތެދެއް ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް. މައްސަލައެއް މުއައްސަސާއަކަށް ހުށައެޅީމަ މި އެނގެނީ ކީއްވެކަން މީހުން ލޮލަށް ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދަނީ،" ފަޒީން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް