ads
އަނަސް އަބްދުއްސައްތާރު--
ލާމަރުކަޒީ ނިޒާމަކުން ނޫނީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލެއް ނުވާނެ: އަނަސް
ލާމަރުކަޒީ ނިޒާމަކުން ނޫނީ މާލެއަށް ދިމާވެފައިވާ މިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ، އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

މިހާރު ކާނިވާ ސަރަހައްދުގައި އެމްޑީޕީން ކުރިއަށް ގެންދާ، "ލާމަރުކަޒީ ރާއްޖެ" ކެމްޕެއިން ޖަލްސާގައި އަނަސް ވިދާޅުވީ އޭރުވެސް އަދި މިހާރުވެސް މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާލެ ތޮއްޖެހުމުގެ މައްސަލަ ކަމަށާއި އަދި މިތަނުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން މާލޭގެ މަގުތައް ކާރޫބާރޫ ބޮޑުވުމުގެ މައްސަލަ ކަމަށެވެ. 

އޭގެ އިތުރުން އިމާރާތްކުރުމާއި ގެދޮރު އެޅުމުގައި ވެސް އެއްވެސް ހަމައެއް ލަމައެއް ނެތް މައްސަލައަކީ ވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން އަނަސް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންގެ ވެސް ލާމަރުކަޒީ ނިޒާމުގެ ވިސްނުން އެބަ އޮތް ކަމަށެވެ. 

އެގޮތުން އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ މި އިންތިހާބަށް އެމްޑީޕީން މި ނިކުންނަނީ ޕްލޭންއަކާއެކު ކަމަށާއި އެގޮތުން އެއީ ކަރުދާހުގައި ލިޔެވިފައިވާ އޮނިގަނޑެއް ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.

މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަކީ ލާމަރުކަޒީ ނިޒާމަކުން މުޅި ރާއްޖެ ޝާމިލުވާ ފަދައިން މެނުވީ ހައްލުކުރެވޭނެ މައްސަލައެއް ނޫން،" އަނަސް ވިދާޅުވި އެވެ.

އަނަސް އިތުރަށް ވިދާޅުވީ މާލެއަށް ދިމާވެފައިވާ މައްސަލަތައް އެގޮތުގެ މަތިން ހައްލުކުރުމަށްޓަކައި މި ވެރިކަމުގައި ގެނެވުނު އެންމެ ކާމިޔާބު އިސްލާހަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހު ކަމަށެވެ. އެގޮތުން މި އިސްލާހާއެކު ބޭނުންވެލައްވަނީ މި ފިކުރު ދަމަހައްޓާނެ ކެންޑިޑޭޓުންކަން ވެސް ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން އަނަސް ވިދާޅުވީ ދިވެހިރާއްޖޭގެ ރަށްވެހިކަމުގެ ހިދުމަތްތަކާއި އަސާސީ ހައްގުތަކާ ގުޅޭކަންކަން ރައްޔިތުންނާއި އެންމެ ގާތުން ފޯރުކޮށްދެވޭނެ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. 

އަނަސް ވަނީ ކުރިއަށް އޮތް ކައުންސިލަށް އެމްޑީޕީން ވާދަކުރައްވަނީ އެއްގޮތަކަށް ވެސް މުޅިން އާ މަޝްރޫއެއް ފެއްޓެވުމަށް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އޭގެ ބަދަލުގައި އެމްޑީޕީގެ ވެރިކަމުގައި ފަށާފައި އޮތް މަސައްކަތްތައް އަދި ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން އެންމެ ފުރިހަމައަށް ރައްޔިތުންނަށް ހޯދައިދިމަށް ކަމަށެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް