ads
ވިލުފުށީ މުބާރާތުގެ ތެރެއިން
ވިލުފުށީ ފުޓްބޯޅަ މުބާރާތް އިއުލާންކޮށްފި
މައި ދެ ސްޕޮންސަރުންނަށް ފަންބޮނޑި އާއި އެސްޓީއޯ ހަމަޖައްސައި، ވިލުފުށީ ފުޓްބޯޅަ މުބާރާތް އިއުލާން ކޮށްފިއެވެ.

ވިލުފުށީގައި ކޮންމެ އަހަރަކު ފޭސް ޖަމްއިއްޔާއިން ކުރިއަށް ގެންދާ ވިލާ ފުޓްބޯޅަ މުބާރާތް އިއުލާންކޮށް، ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މިމުބާރާތް ކުރިއަށް ދާނީ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާއި ހަމައަށް ވިލުފުށީ ޓާފް ދަނޑުގަ އެވެ.

ވިލުފުށީ ހަތަރު ވިލާގެ މެދުގައި ކުރިއަށް ގެންދާ މިމުބާރާތުގެ ޓައިޓަލް ސޮޕޮންސަރުގެ ގޮތުގައި އެސްޓީއޯ ހަމަ ޖައްސާފައިވާ އިރު، މެއިން ސޮޕޮންސަރަކަށް ހަމަ ޖައްސާފައި ވަނީ ފަންބޮނޑި މޯލްޑިވްސް އެވެ.

ފޭސް ޖަމްއިއްޔާގެ ނައިބް ރައީސް މުއާވިޔަތު މުހައްމަދު ވިދާޅުވީ މި މުބާރާތުގެ ޗެމްޕިއަންޓީމަށް 15000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މިމުބާރާތުގެ ޗެމްޕިއަންޓީމަކީ އަޅިވިލާ އެވެ.

56%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް