ads
ވޯޓަ ތީމް ޕާކް
ވޯޓަ ތީމް ޕާކު މައްސަލައިގައި އެޗްޑީސީން ސުޕްރީމް ކޯޓަށް
ހުޅުމާލޭ ވޯޓާ ތީމް ޕާކް ހެދުމަށް ވޯޓަ ފްރޮންޓް ހޮޓެލް އެންޑް ލޭޝަ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި ބިން ހަވާލު ކުރުން މަޑު ކުރުމަށް ހައިކޯޓުން އަމުރު ކުރި މައްސަލަ އެޗްޑީސީން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ހައިކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ކުރި އަމުރު، އެޗްޑީސީން ސުޕްރީމް ކޯޓަށް ހުށަހެޅީ އަންގާރަ ދުވަހުއެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.

ހައިކޯޓުން ސެޕްޓެމްބަރު މަހު އަމުރުކޮށްފައިވަނީ ހުޅުމާލޭ ވޯޓަ ތީމް ޕާކުގެ އެއްބަސްވުން އުވާލައި އެތަން އަތުލުމުގެ ކަންތައް ހިނގަމުންދަނިކޮށް، ވޯޓަ ފްރޮންޓް ކުންފުނިން އެކަން ހުއްޓުވައިދިނުން އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ނެރުނު އަމުރެއްގައެވެ. މި އަމުރުގައި ހައިކޯޓުން ބުނެފައިވަނީ އެ މައްސަލަ ހައިކޯޓުން ބަލައި ނިމެންދެން އެ ކުންފުންޏަށް ފޮނުވާފައިވާ ސިޓީއަށް އަމަލު ކުރަން މަޑު ކުރަމަށެވެ.

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ތަރައްޤީ ކުރުމަށް ވޯޓާ ފްރަންޓް ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރުއެވެ. މިމަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން އެޗްޑީސީން ވަނީ ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް