ads
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: އެމްޑީޕީ
މާލެ ހަލާކުކުރީ މުއިއްޒު، ލަދެއް ހުރިނަމަ އާންމުންގެ ތެރެއަކަށް ނުނިކުންނާނެ: ނަޝީދު
މާލެއަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެއްވެސް ވަރަކަށް ލަދެއް ހުންނެވިނަމަ ރައްޔިތުންގެ ތެރެއަށް ޑރ. މުއިއްޒު ނިކުމެވަޑައި ނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެމްޕެއިން "ރަށްވެހި ފަތިސް" ލޯންޗުކުރުމަށް މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ޑރ. މުއިއްޒަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ޑރ. މުއިއްޒަށް، "ހޮޅި މުއިއްޒު" ގެ ނަމުން އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ މާލެ އެންމެ ފަހުން ހަލާކުކުރުމުގައި ހުންނެވީ މުއިއްޒު ކަމަށެވެ.

މިނިސްޓަރުކަމުގައި ހުންނަވައިގެން މުއިއްޒު ކުރެއްވި ކަންތައްތައް ހަނދާނުން ފިއްލަވައިގެން ނުދާނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ބާރެއް މިިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ނިގުޅައިގަތުމަށް ފަހު މިއަދު މާލޭ ރައްޔިތުންގެ ކުރިމައްޗަށް ވޯޓު ހޯއްދަވަން ނިކުންނަވަން ލަދުގަންނަން ޖެހޭ ކަމަށެވެ.

"ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ، ކުޑަވެސް ގޮތެއް ހުރިނަމަ. ފަސް އަހަރު ވަންދެން ސިޓީ ކައުންސިލުގެ ހުރިހާ ބާރެއް ނަގާފައި އޭނާގެ މީހުންނަށް ބާހާލާފައި ހިންދަމާލައިގެން ހުރެ މިއަދު ނިކުމެ މާލޭގެ ރައްޔިތުންގެ ކުރިމައްޗަށް،" ނަޝީދު ވިދާޅުވި އެވެ.

މާލޭ ރައްޔިތުން ޑރ. މުއިއްޒަށް ވޯޓު ނުދެއްވާނެކަމަށާއި މާލޭ ހަލާކުކޮށްލުމުގެ މޭސްތިރިއަކީ މުއިއްޒުކަން ރައިސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ. 

އޭގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އޭރުވެސް ބްރިޖް އޯކެއް ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި އެގޮތުން އޯކޭ ނޫން ކަމަށް ވިދާޅުވީ ވައްކަން ކަމަށެވެ. 

"މުއިއްޒޫއޭ، ގޯތި ދިނުމުގެ ލިސްޓު ދެބައިކޭތަން އަނެއްކާ ވެސް ލީ ގޮތް އޯކެއް ނޫނޭ. މުއިއްޒުގެ އައުވާނުންނަށް އަނެއްކާ ވެސް 7000 ފްލެޓު ބަހާލި ގޮތް އޯކެއް ނޫނޭ. ގާތް ތިމާގެ އެންމެންނަށް ހުރިހާ ފްލެޓެއް ވަށަވަރުގައި ތިއްބާދީފައި ދެން އައިސް އަނެއްކާ ވެސް ވިދާޅުވަނީ އަޅުގަނޑުމެންގެ ގާތުގައި މިތަނުން ވޯޓެއް ދޭށޭ. ނުދޭނޭ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ކައުންސިލު އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ޑރ. މުއިއްޒު މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ކުރިމަތިލައްވާތީ އެވެ. 

ހުރިހާ ފަރާތްތަކަށް ރަނގަޅު ހެޔޮލަފައި ނަސޭހަތެއް ދެއްވަން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ޅެން ބައިތެއް ވިދާޅުވެފަ އެވެ.

"ނަމަނަމަ ކުޑަ ކޮއެ ފުޅާ އަތް ނުލައްޗޭ ފާރުގައި، ހަމަނިކަން ދަތުވާ ގޮތަށް ކަށިި ޖަހާފައިނޭ ބިޗޫ،" އެވެ.  

އެގޮތުން ވިދާޅުވީ ޕީޕީއެމްއާ ކައުންސިލު އިންތިހާބު ހަވާލުކުރުމެކޭ ޑްރަކިއުލާއާ ބްލަބް ބޭންކެއް ހަވާލުކުރުމުގައި ތަފާތެއް ނުހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ލެޔެއް ބޯލާނެ ކަމަށެވެ.

36%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
64%
ވަރަށް ސަލާމް
ކޮމެންޓްސް