ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު
ޓީޗަރުންނަށް އެސްޓީއޯއިން ހާއްސަ ޑިސްކައުންޓެއް
ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް އެސްޓީއޯއިން ހާއްސަ ޑިސްކައުންޓްއެއް ތައާރަފްކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ ބައެއް ބާވަތްތަކުގެ މުދަލުން ޓީޗަރުންނަށް ޑިސްކައުންޓް ލިބޭނެކަމަށެވެ. އަދި މިއީ މުޅި ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް އޮތް ޑިސްކައުންޓެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި މިއީ ހަމަ އެކަނި ޓީޗަރުންގެ ދުވަހަށް ހާއްސަ ޑިސްކައުންޓެއް ނޫން ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ޓީޗަރުންގެ ދުވަހު އެސްޓީއޯއިން މި ތައާރަފް ކުރި ޑިސްކައުންޓް ސަރުކާރު އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކެއްގެ ހުރިހާ ޓީޗަރުންނަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން އަބަދުވެސް ޤަބޫލްކުރަނީ މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގައި ވަރަށް މަތިވެރި ދަޢުރެއް އަދާކުރާ ފަރާތްތަކެއްކަމަށް. އަދި އެސްޓީއޯއިން އަބަދުވެސް މުދައްރިސުންގެ އަގު ވަޒަންކުރުމަށް އިސްކަންދެން. އެހެންނަމަވެސް، މުދައްރިސުން ކުރައްވާ ބިޔަ، ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ފަސޭހަކަމެއްނޫން. އެސްޓީއޯގެ މި ހަދިޔާ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ކަމުދާނެކަމަށް އުންމީދުކުރަން.  

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް