ads
އެމްއެންޕީގެ މެންބަރުން ހަތިމް ކުރަން ކިޔަވަނީ
ހަތިމެއްކޮށް، އެމްއެންޕީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
ޕާޓީގެ މެންބަރުން އެއްތަންވެ ހަތިމެއްކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ އޮފީސް އާ އިމާރަތަކަށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ.

އެމްއެންޕީގެ އާ އޮފީހަށް ހިންގުން ބަދަކުކުރެވުނު ކަން އެ ޕާޓީން ހާމަކުރީ ހުކުރު ދުވަހުއެވެ. ޕާޓީން ބުނީ އާ އޮފީހުގައި މަސައްކަތް ފެށުމަށް ޕާޓީގެ މެންބަރުން މިއަދު ހަތިމެއްކޮށްފައި ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓާރު ނާޒިމް، އަދި ޕޮލިސް ކޮމިޝަނަރު ރިޔާޒް އިސްކޮށް ތިއްބަވާ އެމްއެންޕީން ވަނީ މިދިޔަ މަހު އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް ބާއްވައިފަ އެވެ. އެ ކޮންގްރެސްގައި ޕާޓީގެ ބައެއް އަސާސީ އުސޫލުތައް ވަނީ ފާސްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް