ads
ޕްރިޔަންކާ ޗޯޕްރާ--
އިންސްޓްރާމުގައި 50 މިލިއަން ފޮލޯވާސް ލިބުނު ދެވަނަ ތަރިއަކީ ޕްރިޔަންކާ!
ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް އިންސްޓަގްރާމުގައި 50 މިލިއަން ފޮލޯވާސް ލިބިއްޖެ އެވެ. މިއާއެކު ޕްރިޔަންކާ ވެެގެން މިދަނީ އިންޑިއާއިން 50 މިލިއަން ފޮލޯވާސް ލިބުނު ދެ ވަނަ ތަރިއަށެވެ.

އެންމެ ފުރަތަމަ އިންޑިއާއިން 50 މިލިއަން ފޮލޯވާސް ހަމަވީ އެގައުމުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އެވެ. އޭނާއަކީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވެސް މެއެވެ.

ޕްރިޔަންކާއަށް އިއްޔެ 50 މިލިއަން ފޮލޯވާސް ހަމަވިއިރު ދެން 50 މިލިއަނާ އެންމެ ގާތްކުރާ އިންޑިއާގެ ތަރިއަކީ ދީޕިކާ ޕަޑުކޯން އެވެ. އެގޮތުން ދީޕިކާގެ ފޮލޯވާސްގެ އަދަދު އުޅެނީ 44.2 މިލިއަނުގަ އެވެ. 

ހޮލީވުޑުގައި މަސައްކަތް ކުރުމަށް ބޮލީވުޑުން ކުޑަ ބްރޭކެއް ނެގުމަށް ފަހު ޕްރިޔަންކާ އެނބުރި ބޮލީވުޑަށް އައީ ސޮނާލީ ބޯސް ޑައިރެކްޓުކުރި ފިލްމު، ދަ ސްކައި އިޒް ޕިންކުންނެވެ. ނަމަވެސް ހީކުރި ވަރުގެ ތަރުހީބެއް އެ ފިލްމަކަށް ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް