ads
‎ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނެސްދިނީވެސް އަދި ހިންގަން ބޭނުންވަނީ ވެސް އެމްޑީޕީ!
ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނެސްދިނީވެސް އަދި ހިންގަން ބޭނުންވަނީ ވެސް އެމްޑީޕީން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމާއި ގުޅިގެންނެވެ. 

ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނެސްދިނީވެސް އަދި ނިޒާމް ހިންގަން ބޭނުންވަނީ އެމްޑީޕީއިންކަމަށެވެ. އަދި އެނިޒާމް ހިންގަން އެނގޭނީ އެމްޑީޕީއަށްކަމަށާއި، އެހެންކަމުން ކުރިއަށް އޮތްލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ޝާހިދު ވިދާޅުވިއެވެ. 

މީގެ އިތުރުން، ހިންގުމުގެ ދާއިރާގައި އަންހެނުން ތިބެން ޖެހޭނެކަމަށް ވަކާލާތުކުރާ ޕާޓީއަކީ އެމްޑީޕީކަމަށާއި ވެރިކަން ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ލާމަރުކާޒީޤާނޫނަށް ގެނައި ބަދަލަށް އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ތާޢީދުނުކުރާކަމަށް  މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅައި ވިހޭ ދަރިއެއްކަމަށާއި، އެދަރިއަށް އެމްޑީޕީއަކުން ދެރައެއް ނުދޭނެކަމަށް އަދި އެދަރި ދޫކޮށެއް ނުލާނެކަމަށް ޝާހިދު ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް