ads
އޮޅުވާލައިގެން މަސައްކަތަށް ގެންދިޔަ ބައެއް މީހުން
އޮޅުވާލައިގެން އައިޓީ ދާއިރާގެ މަސައްކަތަށް ގެންދިޔަ އިންޑިޔާ ބަޔަކު ސަލާމަތްކޮށް
އޮޅުވާލައިގެން އެކިގައުމުތަކުގައި މަސައްކަތްކުރަން މަޖުބޫރުވި އިންޑިޔާގެ 130 މީހަކު ސަލާމަތް ކޮށްފިއެވެ.

މިޔަންމާ، ލާއޯސް އަދި ކެމްބޯޑިއާގައި ވަޒީފާ އަދާކުރަން މަޖުބޫރުވި އިންޑިއާގެ 130 އެއްހާ މީހުންނަށް ވަނީ ރަނގަޅު މުސާރަ ލިބޭނެ ކަމަށްބުނެ ހުށަހެޅުންތައް ހުށަހަޅާފައެވެ.  އެޖެންޓުން އެކަން ކޮށްފައިވަނީ ސޯޝަލް މީޑިޔާ މެދުވެރި ކޮށެވެ.

އިންޑިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އާރިންދަމް ބާގްޗީ ވިދާޅުވީ، ސަލާމަތްވި އިންޑިއާގެ މަސައްކަތްތެރިން ރަހީނުކޮށްގެން ގެންގުޅެ، ޑިޖިޓަލް ސްކޭމްކުރުމާއި، ފޯޖްކޮށްފައިވާ ކްރިޕްޓޯކަރަންސީތައް ހިންގާ ކުންފުނިތަކަށް ސައިބަރ-ފްރޯޑް ހެދުމަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިތައް އޮޕަރޭޓް ކުރަމުން ދަނީ ދުބާއީ، ބެންކޮކް އަދި އިންޑިއާގެ ބައެއް ސިޓީތަކުގެ އެޖެންޓުން މެދުވެރިކޮށް ކަމަށާއި، ތައިލޭންޑުން ބޮޑެތި މުސާރަތައް ލިބޭ ވަޒީފާތަކެއް ކަމަށް ބުނެ އިސްތިހާރު ކޮށްފައިވާ ކަމަށެވެ.

ބަގްޗީ ވިދާޅުވީ، ބޯޑަރު ހުރަސްކޮށް ގަވާއިދާ ހިލާފަށް ގިނަ މަސައްކަތްތެރިން މިޔަންމާގެ ސަރަހައްދަކަށް ގެންގޮސްފައިވާ ކަމަށާއި، އެސަރަހައްދަކީ އެގައުމުގެ ލޯކަލް ސެކިއުރިޓީ ހާލަތުގެ ސަބަބުން،  ވަނުމަށް ދަތި ސަރަހައްދެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިޔަންމާއިން 50 އާ ގާތްކުރާ އަދަދަކަށް މަސައްކަތްތެރިން އަނބުރާ އިންޑިއާއަށް ގެނެސްފައިވާ އިރު، އިތުރު ބައެއް މަސައްކަތްތެރިން އަދިވެސް މިޔަންމާގެ ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. އެއީ ވިސާނެތި އެގައުމަށް އެތެރެވެފައިވާތީ ސުވާލުކުރުމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް