ads
މީރާގެ ކައުންޓަރުތަކުން ބަޔަކު ހިދުމަތް ހޯދަނީ.. ފޮޓޯ ޕީއެސްއެމް
ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 300 އަށްވުރެ ގިނަ މީހުންގެ ނަން ހާމަކޮށްފި
ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސްގެ ބަޔާން ހުށަނާޅައި، އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން މިއަދު ހާމަކޮށްފި އެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 31 ޑިސެމްބަރު 2021 ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ 396 ފަރާތެއްގެ ނަން މީރާއިން މިއަދު ވަނީ އާއްމުކޮށްފަ އެވެ.

މީރާއިން ބުނީ، އެ ފަރާތްތަކުގެ ތެރެއިން ބަޔާން ހުށަހަޅައި ފައިސާ ދައްކާ ފަރާތްތަކުގެ ނަން ލިސްޓުން އުނިކުރަމުންދާނެ ކަމަށާއި، ފައިސާ އެއްކޮށް ދެއްކުމަށް އުޒުރުވެރިވާނަމަ ބައިބަޔަށް ބަހާލައިގެންވެސް ދެއްކޭނެ ކަމަށެވެ.

ޓެކުހާއި ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އަހަރުގެ އެކި މަސް މަހުގައި ހާމަކުރަމުން ގެންދިއުމަށް ހަމަޖެެއްސީ މިދިޔަ ސެޕްޓެމްބަރުން ފެށިގެން ނެވެ. 

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް މީރާއިން މިހާރު ވަނީ އަޅަން ފަށައިފައެވެ.

މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް