ads
އޭއެފްސީ ކަޕް: ބެންގަލޫރު މެޗަށް މާޒިޔާ ފުރައިފި
އޭއެފްސީ ކަޕް ޕްލޭ އޮފް މެޗުގައި މާލޭގައި ސަރަހައްދީ ވަރުގަދަ ބާރު ބެންގަލޫރު އެފްސީ ބަލިކޮށް، ހޯދި ތިން ޕޮއިންޓާ އެކު، ބެންގަލޫރުގެ ދަނޑުގައި ކުޅެން ޖެހޭ މެޗަށް މާޒިޔާއިން ފުރައިފިއެވެ. ބެންގަލޫފު އެފްސީއާ ދެކޮޅަށް އިންޑިޔާގައި ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުއެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން ބުދަ ދުވަހުގެ ރޭ ހަތެއް ޖަހާއިރުއެވެ.

މާލެގައި ދެ ލަނޑު އެއް ލަނޑުން ބެންގަލޫރު ބަލިކޮށް، ގްރޫޕް ސްޓޭޖުގެ ފުރުސަތު މާޒިޔާއިންވަނީ ބޮޑު ކޮށްފައެވެ. އެހެންނަމަވެސް ބުދަ ދުވަހުގެ ރޭ ބެންގަލޫރާ ދެކޮޅަށް ނުކުންނައިރު މާޒިޔާއަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ މާލޭގައި އަނިޔާވި ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ ހާލަތެވެ. މާލޭގައި މާޒިޔާ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ލިބުނު އަނިޔާއަކާ ގުޅިގެން އަސަކޮވަނީ ބާލާފައެވެ. އަދި ބުދަ ދުވަހު ރަށުން ބޭރުގައި ކުޅޭ މެޗުގައި އަސަކޮއަށް ކުޅެވޭނެ ކަމަކަށް ނުބެލެވެއެވެ.

މާލޭގައި ބެންގަލޫރުގެ މައްޗަށް ކުރި ހޯދާފައިވާތީ ރަށުން ބޭރުގައި ކުޅޭ މެޗު ބަލިނުވެ ފަރު ޖައްސާލެވިއްޖެ ނަމަވެސް މާޒިޔާއަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ. ބެންގަލޫރަށް އޮތް ހަމަ އެކަނި ފުރުސަތަކީ މާޒިޔާ ބަލިކުރުމެވެ. އެހެންނަމަވެސް، ދޭއް އެކެއްގެ ނަތީޖާއަކުން މާޒިޔާ ބަލިވެއްޖެ ނަމަ ގްރޫޕް ސްޓޭޖުގެ ޖާގަ ހޯދާނެ ބައެއް ކަނޑައަޅަން އިތުރު ވަގުތު ކުޅެގެން ޖެހޭނެއެވެ. އަދި އިތުރު ވަގުތުވެސް އެ ނަތީޖާއިން މާޒިޔާ ބަލިވެއްޖެ ނަމަ ދެން ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ.

ބުދަ ދުވަހު ބެންގަލޫރުގައި ކުޅޭ މެޗަށް ފަހު ދެ މެޗުގެ އެގްރީގޭޓުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ ރާއްޖޭގެ ޓީސީ އާ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ އާއި އެކު ގްރޫޕް އީ ގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށޭނީ އަންނަ މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް