ads
ޝެއިހް އަލީ ޒައިދު--
ޒައިދުގެ ނުސީދާ ހަމަލާއެއް ނަޝީދުގެ ދަރިފުޅަށް!
ރައީސް މައުމޫން އަބްދުލްގައްޔޫމް ދަރިކަނބަލުން ދުންޔާ މައުމޫން، އަނިޔާވެރިކަމާއި ގުޅިގެން ކުރެއްވި ޓްވީޓަކާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން ލައިލާ މީރާ ނަޝީދު ދެއްވި ރައްދާއެކު ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޝެއިހް ޒައިދު ކުރެއްވި ޓްވީޓުގައި އެއީ ސީދާ، މީރާ އަށް ދެއްވި ރައްދެއް ކަމަކަށް ނެތެވެ. ނަމަވެސް ވިދާޅުވީ ތިމާއާ ރައުޔު ތަފާތުވި ނަމަވެސް ހުތުރު ބަހުން ވާހަކަ ދައްކަން ނުޖެހޭ ކަމަށެވެ. އަދި މިއީ ލަދުވެތި ކަމެއްކަން ފާހަގަކުރައްވާ ޒައިދު ވިދާޅުވީ ހެޔޮ ތަރުބިއްޔަތު ދަރިންނަށް ދޭން ޖެހޭ ކަމަށެވެ. 

"ތިމާ ރައުޔު ތަފާތު ވިޔަސް، އަންގަ ހުތުރުވާކަށް ނުޖެހޭ! ބައެއް މީހުންނަށް އެފް ވޯޑާއި ނުލައި އަންގަ ހުޅުވާ ނުލެވޭ،" ޒައިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޒައިދު ވަނީ މީހުންގެ ތެރޭގަ އާއި އެކަނި ހުރެ ވެސް ނުބައި އެއްޗެހި ކިޔުމުން ދުރުވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ދުންޔާ މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވަނީ ސިޔާސީ ނުފޫޒާއި ޖުޑީޝަރީގެ ބޭނުންކޮށްގެން އެއް ރައީސަކު އަނެއް ރައީސް ހައްޔަރުކުރާ ކުރުން ތަކުރާރު ވަމުން އަންނަ ކަމުގަ އެވެ. އެކަމަނާގެ މި ޓްވީޓަށް ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާ ލިބުނު ގިނަ ފަރާތްތަކެއްގެ އާއިލާ ބޭފުޅުންނާއި އަނިޔާ ލިބުނު ފަރާތްތަކުން ވަނީ ރައްދުގައި ޓްވީޓްކޮށްފަ އެވެ. އަދި ގިނަ ބަޔަކު ވަނީ ރައީސް މައުމޫން ރައްޔިތުންނަށް ކޮށްފައިވާ އަނިޔާތަކަށް މާފަށް އެދެންޖެހޭނެ ކަމަށް ބުނެފަ އެވެ.  

ރައީސް މައުމޫން ޖަލަށް ނުލާކަމަށް ބުނެ ޓްވީޓް ކުރަން ފެށުމުން ދުންޔާ މައުމޫން ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި، ރައީސް މައުމޫނު ފުލުހަށް ހާޒިރުކުރެއްވި ކަމަށާއި ކޮމިޝަންތައް އުފައްދައިގެން ވެސް ރައީސް މައުމޫނަށް، އުނދަގޫކުރައްވާފައިވާ ކަމުގައި ވިދާޅުވެފަ އެވެ.

އެއާއެކު މީރާ ވަނީ، އެތައް އަހަރެއް ވަންދެން މީހަކު ޖަލުގައި ބޭއްވުމާއި ފުލުސް އޮފީހަށް ހާޒިރުކުރުމާއި އެއްވަރު ކުރަނީތޯ ސުވާލުކޮށް ދުންޔާއަށާއި ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެތައް ފަހަރަކު ޖަލަށް ދާންޖެހުން ނަޝީދު އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ ޖީލަކަށް އަނިޔާ ކޮށްފައި ވާކަމަށާއި އެމަނިކުފާނުގެ އާއިލާއިން މީހުންނާއި މެދު ނުހައްގުން ކަންތައް ކުރާގޮތުގެ ވާހަކަ ދެއްކުމުން ބަލައިގަންނަން ވަރަށް އުދަނގޫ ކަމަށެވެ.

57%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް