ads
ފޮޓޯ: އެޗްޑީސީ
ހިޔާ ފުލެޓުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް ހުޅުވައިފި
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކެއް ހިޔާ ފުލެޓުގައި ހުޅުވައިފި އެވެ.

ނަފްސު ސައިކޮލޮޖިކަލް ސާވިސަސްއަކީ، ނަފްސާނީ ބަލިތަކަށް ހާއްސަ ފަރުވާދޭ ކްލިނިކެއް ކަމަށާއި މި ކްލިނިކް ހުޅުވާފައިވަނީ،  ހިޔާ 11 ވަނަ ޓަވަރުގައި ކަމަށެވެ. 

އަދި މިހާރު މި ކްލިނިކް އިން އާއްމުންނަށް ފަރުވާ ދިނުމަށް ފަށާފައި ވާކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

އެޗްޑީސީއިން ދަނީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ހިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި މިހާރު ގިނަ ފިހާރަތަކެއް ހުޅުވިފައި ވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައި ދިނުމަށް އެޗްޑީސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ދާދި ފަހުން އެޗްޑީސީއިން ވަނީ އެ ސަރަހައްދުގައި ކްލިނިކް އަކާއި ސެލޫން އެއްވެސް ހުޅުވާފަ އެވެ. 

ހިޔާ ފުލެޓުތަކުގައި މީހުން މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ދިރިއުޅެން ފަށާފައި ވާއިރު، އެ ސަރަހައްދުގައި މިހާރު އެތައް ހާސް އާއިލާ އަކުން އަންނަނީ ދިރިއުޅެމުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް