ads
ފޮޓޯ: އިންޑިޔާ ޓުޑޭ
މުއްސަނދި ވާންވެގެން ދެ އަންހެނުން ކޮށާލާ، އެ މީހުންގެ މަސްތައް ކައިފި
އިންޑިއާގެ ކެރެލާ ސިޓީގެ ބަޔަކު ދެ އަންހެނުން ކުދި ކޮށް ކޮށާލާ، އެމީހުންގެ މަސްތައް ކައްކައިގެން ކައިފި އެވެ.

އެގައުމުގެ ނޫސްތަކުގައި މިއަދު ރިޕޯޓް ކޮށްފައިވާ ގޮތުން އެ ކަން ހިނގާފައިވަނީ، އެގައުމުގެ މީހުން އަޅުކަން ކުރާ ބުދަކަށް ގުރުބާން ކުރުމަށް ކަމަށްވެ އެވެ. އަދި އެ މީހުން ދެ އަންހެނަކު ކުދިކޮށް ކޮށާލީ، އެ ބުދު ދީނުގެ ފާދިރީއިން އެފަދައިން ކަން ކުރުމުން އެ މީހުން މުއްސަނދި ވާނެ ކަމަށް ބުނުމުން ކަމަށްވަނީ ރިޕޯޓް ކޮށްފަ އެވެ. 

މިކަމާއި ގުޅިގެން އެ އަވަށުގެ ފުލުހުންގެ ވެރިޔާ އާއި ހަވާލާދީ މީޑިއާ ރިޕޯޓްގައި ބުނެފައިވަނީ، މިކަން ކުރީ ދެމަފިރިއެއްގެ އިތުރުން އެމީހުންގެ އެކުވެރިއެއް ކަމަށާއި، އެކަން އެމީހުން ކުރީ މިދިޔަ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހުން އެކަން ކުރި މަންޒަރު ވީޑިއޯ ކޮށް އެހެން މީހުންނަށް ދެއްކި ކަމަށްވެސް އޭނާ އާއި ހަވާލާދީ ވަނީ ބުނެފަ އެވެ. 

މިހާތަނަށް މި މައްސަލަ އާއި ގުޅިގެން ދެމަފިރިން ހައްޔަރު ކޮށްފައި ވާއިރު، މި މައްސަލައިގައި ހިމެނޭ ތިން ވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެއަވަށުގެ ފުލުހުން ވަނީ ބުނެފަ އެވެ. 

މި މައްސަލަ އާއި ގުޅިގެން ހޯދަމުން ދާ ފިރިހެން މީހާ އަކީ މީގެ ކުރިން އަންހެނުންތަކަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރު ކުރި މީހެއް ކަމަށްވެސް ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. 

މަރާލި ދެ އަންހެނުންގެ ހަށިގަނޑުގެ ބައިތައް މިހާރު ފުލުހުން ހޯދާފައި ވާއިރު، އެއީ ކޮން ބައެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

10%
ކަމުގޮސްފި
62%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް